ރާއްޖޭގެ ރަށެއްގައި އާތު އަވާ ފާހަގަ ކުރަނީ -- އަވަސް ފޮޓޯ
ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ އާތު އަވާ، މިރޭ ރާއްޖޭގައި ފާހަގަ ކުރާއިރު، އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނެފި އެވެ.
މި އަހަރު އާތު އަވާ ދިމާ ވަނީ ރަމަޟާން މަހުގެ ފަހު 10 އަށް ކަމުން، ރާއްޖޭގައި މި ހަރަކާތް ހިންގުމަށް ހަމަޖެހިފައި މިރޭ 9:45 އިން 10:45 އަށެވެ. ކޮންމެހެން ބޭނުން ކުރާން ޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ދިއްލުންތައް، މި ގަޑިއަށް ނިއްވާލުމަށް މިނިސްޓްރީން އެދެ އެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މިރޭ ބާއްވާ އާތު އަވާ ހަރަކާތުގައި އާންމު ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ ފަރާތް ތަކުންނާއި، ސަރުކާރުގެ މުއައްސަސާ ތަކުންނާއި، ވިޔަފާރި ކުންފުނި ތަކުންނާއި، އެކިއެކި މަދަނީ ޖަމިއްޔާ ތަކުން ބައިވެރިވުމަކީ އެ މިނިސްޓްރީގެ އެދުމެއް ކަމަށެވެ.
"ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމު ތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމުން، ގުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އަންނާންއޮތް ޖީލު ތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް، އެހެންވެ މި ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިލްތިމާސް ކުރަން، މިނިސްޓްރީން ބުންޏެވެ.
އާތު އަވާ ހަރަކާތަކީ ދުނިޔެ ހޫނުވުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލު ތަކާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރި ކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް