ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވައިލައިފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ފޮޓޯ/ޓީއެމްޖޭ

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވައިލައިފި އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޒު ހުސައިން ޝަހީދު، މިދިޔަ ބުދަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމުންނެވެ.

އެ މަގާމުގެ ހަމައެކަނި ޝަރުތަކީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ފަރާތަކަށް ވުމެވެ.

މި މަގާމަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 47,700.00ރ. ލިބޭނެ އެވެ. އަދި ލިވިން އެލަވަންސަށް 18,000.00ރ. އާއި ރިސްކު އެލަވަންސުގެ ގޮތުގައި މަހަކު 3,300.00ރ. ލިބޭނެ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތީން ހެލްތް އިންޝުއަރެންސާއި ފޯނު އެލަވަންސު ލިބި ދެވޭނެ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލު ކުރާނީ "ކޯޓު ތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ކަމަށެވެ.

މި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތް ތަކުން އެ ކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ހައި ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލު ކޮށްފައި ވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލާ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy