--
ޏ. ފުވައްމުލަކުގައި ފުޅާކޮށް މަސްތުވާ ތަކެތި ވިއްކައި އެ ފައިސާއިން މަނީ ލޯންޑާ ކުރަމުން އައި ނެޓްވޯކުގައި އިސްކޮށް ހިމެނޭ ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލައިގައި ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހެޅި ދެ މީހުންނަނީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އާއި ފުވައްމުލަކު ދޫޑިގަން، ޒަމާނީގެ ހަސަން އާޒިމް، 29، އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު ފުވައްމުލަކުގެ ދޫޑިގަން، ގަސްދޮށުގެ ބަލައި ފާސް ކުރި އިރު، ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ފެނުމާ ގުޅިގެން، ނިއުޝާދާއި އާޒިމްގެ ބޭންކު ސްޓޭޓްމަންޓްތައް ފުލުހުން ބަލައި ދިރާސާ އިރު، އެކި އެކި ފަރާތް ތަކުން ކުދި އަދަދު ތަކުން ފޮނުވާ ފައިސާ ގަނޑުކޮށް އެ ދެ މީހުންގެ އެކައުންޓަށް ޖަމާވެފައިވާ ކަން ފާހަގަ ކުރެވުނު ކަމަށެވެ.
އަދި އެކަން އިތުރަށް ތަހުގީގުކޮށް ބެލިއިރު، ހަސަން އާޒިމް އިސްވެހުރެ، އަހުމަދު ނިއުޝާދުއާ އެކު މަސްތުވާތަކެތި ވިއްކުމަށް ޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް މާކެޓަށް ނެރުމުގައި ހަރަކާތްތެރިވާ ކަމަށާއި އަދި އެކި ޑީލަރުންނަށް މުސާރަ ދީގެން، ވަކި ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދައި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓަމުން ދިޔަ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ އާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ޖުލައި 1، 2019 އިން ފެށިގެން އޮގަސްޓު 1، 2024 އާ ދެމެދު މަސްތުވާ ތަކެއްޗާ ގުޅުންހުރި އެކި ފަރާތް ތަކުން އޭނާގެ އެކައުންޓު ތަކަށް މިލިއަނުން ޖަމާ ކުރި ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި، އެ ފައިސާ އަތުގައި ބަހައްޓައި ބޭނުން ކޮށްފައިވާތީ އެވެ.
ނިއުޝާދުގެ މައްޗަށް މި ދައުވާ ކުރަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާ ތަކެއްޗާ ގުޅުން ހުރި އެކި ފަރާތް ތަކުން އޭނާގެ އެކައުންޓު ތަކަށް ޖަމާ ކުރި ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި، އެ ފައިސާ އަތުގައި ބަހައްޓައި ބޭނުން ކޮށްފައިވާތީ އެވެ.
ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ މުދަލާއި ފައިސާގެ ތެރޭގައި މި ދެ މީހުންގެ އަތުން 1.19 މިލިޔަން ރުފިޔާ އާއި ހަތަރު ސައިކަލާއި ފަސް ކާރާއި ދެ ޕިކަޕާއި ކަނޑު އުޅަނދަކާއި 29 ސަންކޮނުއާ ގުރާގެ އިތުރުން ނުވަ ރިންގްނެކް ގުރާ ހިމެނެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް