ޝަހީދުންގެ އާއިލާތަކަށް 9،000 ރުފިޔާގެ އެލަވެންސެއް ހަމަޖައްސައިފި

ނޮވެމްބަރު ތިނެއްގެ ހަމަލާގައި ޝަހީދުވި ސިފައިންގެ އަށް ބޭކަލުން --

ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވެފައިވާ ސިފައިންގެ އާއިލާ ތަކަށް އެލަވަންސެއްގެ ގޮތުގައި މަހަކު 9،000 ރުފިޔާ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ޝަހީދުވި ސިފައިންގެ އާއިލާތަކާއި އަދި އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ އުސޫލު ޑިފެންސު މިނިސްޓްރީ މިއަދު ވަނީ އާންމުކޮށްފަ އެވެ.

 އެ އުސޫލުގެ މަގުސަދުގެ ގޮތުގައި ވަނީ ނޮވެމްބަރު 3، 1988ގެ ހަނގުރާމާއިގައި ޝަހީދުވެފައިވާ ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް، ސިފައިންގެއިން ޝަރަފުގެ ނިޝާން ދީފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް މާލީ އިނާޔަތެއް ދިނުމެވެ.

އެގޮތުން އިނާޔަތް ހައްގުވާ ފަރާތަތްތަކީ:

1. ނޮވެމްބަރު 3، 1988ގެ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތައް.

2. ނޮވެމްބަރު 3، 1988ގެ ހަނގުރާމައިގައި ދައްކުވައިދިން އާދަޔާ ހިލާފު ހިތްވަރު ފާހަގަކޮށް، ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތައް، މިއެވެ.

އެ ދުވަހުގެ ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާއްމުންގެ 11 މީހަކު ޝަހީދުވި އެވެ.

އެ އުސޫލުގައިވާ ގޮތުން ނަމަ ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ހިދުމަތް ފާހަގަކޮށް، އިނާޔަތް ދެވޭނީ އެ ޝަހީދުންގެ އާއިލާ ތަކަށެވެ. އަދި ޝަހީދުވި މީހާގެ އާއިލާ ކަމުގައި ބަލާނީ، މައިންބަފައިންނާއި، އުފަން ދަރީންނާއި، ހުވަފަތްވި އަނބިމީހާ ކަމަށް ވެސް އުސޫލުގައިވެ އެވެ.

އެ ގޮތުން ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ މީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ކޮންމެ މީހަކަށް، އެ މީހަކު ދުނިޔޭގައި ހުރިހައި ދުވަހަކު މަހަކު 9،000 ރުފިޔާ ދިނުމަށް އުސޫލުގައި ކަނޑައަޅައިފައިވެ އެވެ. އަދި ހަނގުރާމައިގައި އަމިއްލަ ހަށިގަނޑާށާއި ފުރާނައަށް ބެލުމެއްނެތި ދައްކުވައިދިން ޖެހިލުން ކުޑަ އަދި ހިތްވަރު ގަދަ އަމަލުގެ ސަބަބުން ހުރަވީ ރަން މެޑަލް ދީފައިވާ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށްދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 8،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން އެ ހަނގުރާމައިގައި ހިތްވަރު ގަދަ ކަމުގެ ކުލަ ދެވިފައިވާ ކޮންމެ ފަރާތްތައް ދުނިޔޭގައި ހުރިހައި ދުވަހަކު މަހުން މަހަށްދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި 6،000 ރުފިޔާ ދިނުމަށް ވެސް އުސޫލުގައި ކަނޑައަޅައިފައިވެ އެވެ.

އުސޫލުގައި ބުނަނީ ޝަރަފުގެ ނިޝާން ދީފައިވާ ފަރާތެއް މަރުވެއްޖެ ނަމަ، އިނާޔަތްދިނުން ހުއްޓުމަކަށް އަންނާނެ ކަމަށާއި އެހެން ކަމުން އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެ ނަމަ، އެކަން އެއް މަސް ދުވަސް ތެރޭ ޑިފެންސް މިނިސްޓްރީއަށް އެ ފަރާތެއްގެ އާއިލާ އިން އަންގަން ޖެހޭނެ ކަމަށެވެ.

އަދި މި އުސޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ، އެ ކަމުގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

25 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy