މިނިސްޓަރު ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ހަލީލު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރުއާ ބައްދަލުކުރައްވަނީ --

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު،އިންޑިއާގެ ނިއުދިއްލީ އިން މިއަދު ފުރައިވަޑއިގެންފި އެވެ.

 ހަލީލްގެ މި ދަތުރުފުޅަކީ 10 ވަނަ ރައިސީނާ ޑައިލޮގް ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅެކެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ ހާރިޖީ ވަޒީރު، ޑރ. އެސް ޖައިޝަންކަރުއާއި ބައްދަލުކުރެއްވި އެވެ. އަދި ރައިސީނާ ޑައިލޮގްގެ ތެރެއިން ބޭއްވި ހައިލެވެލް ޕެނަލް ޑިސްކަޝަން "ކްލައިމެޓް ކެޓަކްލިޒަމް: ދަ އެޑަޕްޓޭޝަން އެޖެންޑާ އިޒް ގޭސްޕިންގް"ގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި 10 ވަނަ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި އިސްވެރީންނާއި ހަވާސާގައި ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެ އެވެ.

އެ މަނިކުފާނަށް ދިއްލީ އިން އަލްވަދާއު ދެންނެވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy