ދިވެހި ހައްޖާޖީން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ހާއްސަ އުސޫލެއް އެކުލަވާލާ ގެޒެޓުކޮށްފި އެވެ.
މި އުސޫލަކީ ހައްޖާއި ގުޅޭ މުހިއްމު ކަންކަމެއް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެކެވެ. މިއީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދިނުމާއި، ހައްޖުގެ ކޯޓާއާ މެދު އަމަލު ކުރާނެ ގޮތާއި ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތު ތަކާއި އުސޫލުތައް ކަނޑައަޅައި، އެ ކަންކަމާ އެއްގޮތަށް ހައްޖުގެ ހިދުމަތްދޭ ފަރާތުން އަމަލު ކުރަމުންދާ ކަން ކަށަވަރު ކުރުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އުސޫލެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އުސޫލާއެކު ހައްޖާ ގުޅޭ ގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމާއި، ހައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރި ކަމާއި އަމާނާތްތެރި ކަމާއެކު ބެލެހެއްޓުމުގެ ގޮތުން، ހައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެ ފަދަ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ހައްޖު ކިއު ލިސްޓު ކުޑަ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމަށް ކަނޑައަޅާފައި ވާނެ ކަމަށެވެ.
މި އުސޫލުގެ ދަށުން ދިވެހީން ހައްޖަށް ގެންދިޔުމުގެ ހިދުމަތް ފޯރުކޮށްދޭނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމާއި ހައްޖު ކިއު ކުޑަ ކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތް ތަކަށް ހައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ސިޔާސަތަށް ވަނީ ބަދަލުތަކެއް ގެނެވިފަ އެވެ.
އުސޫލަށް ގެނައި ބަދަލު ތަކަކީ:
1. އަލަށް ހައްޖުގެ އަޅުކަން އަދާ ކުރަން އެދޭ ފަރާތް ތަކަށް އިސްކަންދިނުން.
2. ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތް ތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ފަރާތް ތަކަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން.
3. ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުސަތު ދެވޭނީ، ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ (ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ) އެ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުސަތު ދެވޭނީ، ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާއިލާގެ މީހެއް ނެތިފައި، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި.
4. ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވެފައިވާނަމަ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ހައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތައް އިތުރުވި ބޮޅެއް ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް