ހައުސިންގެ ކުރީގެ ވެރިންތަކެއްގެ ގެ ފާސްކުރަނީ

----

ކުރީގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓު ދޫކުރުމުގެ މަޝްރޫއު ހިންގުމުގައި އިސްކޮށް އުޅުނު ކުރީ ބައެއް ވެރިންގެ ގެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެ، ބަލައި ފާސް ކުރަން ފަށައިފި އެވެ.

ކުރީގެ ވެރިންގެ ގެތައް އޭސީސީން ފާސްކުރަން ފެށީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެގޮތުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގެއަށް ވެސް އޭސީސީން ވަދެ ފާސްކޮށް، އޭނާގެ ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން އެނގިފައިވެ އެވެ.

އަކްރަމްގެ އިތުރުން "ގެދޮރުވެރިޔާ" ސްކީމް ގައި މަސައްކަތް ކުރެއްވި ލިރުޣާމް ވަހީދާއި މުހައްމަދު އާރިފްގެ އިތުރުން އަހުމަދު ވިސާން ނަސީމްގެ ގެ ވެސް މިހާރު އޭސީސީން އަންނަނީ ފާސްކުރަމުންނެވެ.

އެ ކޮމިޝަނުން ބައެއް މީޑިއާތަކަށް، މިއަދު ހައުސިން މިނިސްޓްރީގެ ކުރީގެ ފްލެޓް ކޮމީޓީގެ ވެރިންގެ ގެތައް ފާސްކުރަމުން އަންނަނީ އޭސީސީން މިހާރު ތަހުގީގު ކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓު ދޫކުރި ގޮތުގެ މައްސަލައިގައި ކަމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ފާސްކުރަމުން އަންނަނީ މައްސަލައާ ގުޅުންހުރި ބައެއް ފަރާތްތަކާ ގުޅުންހުރި ބައެއް ތަންތަން ކަމަށް ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން އޮތީ ޖިނާއީ ތަހުގީގެއް ވެސް ފަށައިފަ އެވެ. އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިދިޔަ އެޕްރީލް މަހުގެ 1 ގައި އޭސީސީން ވަނީ ބައެއް ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ.

ހުއްދަ ދިން ނަމަވެސް އޭސީސީން ބުނެފައި ވަނީ 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

---

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy