ކާނިވާ ސްޓޭޖު ތަރައްގީކޮށް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުން ދައްކާލައިފި

ކާނިވާ ސްޓޭޖު ތަރައްގީކޮށް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުން —

މާލޭގެ ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި އަލަށް ހަދާ ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން، މާލެ ސިޓީ ކައުންސިލުން ދައްކައިލައިފި އެވެ.

އައު ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން ކައުންސިލުން މިއަދު އާންމުކޮށްފައިވާއިރު، މި މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ، މި މަހުގެ 14 ވަނަ ދުވަހު ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފަ އެވެ.

ކައުންސިލުން މި މަސައްކަތް ނިންމަން ހަވާލު ކޮށްފައި ވަނީ ޖުލައި މަހުގެ ނިޔަލަށެވެ. އެއީ ޖުމުލަ 140 ދުވަހެވެ.

މި މަސައްކަތުގެ އަގަކީ 4,847,000.00 (ހަތަރު މިލިއަން އަށް ލައްކަ ސާޅީސް ހަތް ހާސް) ދިވެހި ރުފިޔާ އެވެ.

އައު ސްޓޭޖުގެ ފޮޓޯއަކާ އެކު، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު، ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޒަމާން ތަކެއް ވަންދެން ހަލާކުވެ ވީރާނާ ވާން ދޫކޮށްލާފައިވާ މި ސްޓޭޖު، ދެން ފެނިގެންދާނީ، އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

52 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy