ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާއަށް

2024: ފޮރިން މިނިސްޓަރު ހަލީލް ނިއުދިއްލީއަށް ވަޑައިގަތުން --

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ވަޑައިގެންފި އެވެ.
އެމަނިކުފާނަށް ދިއްލީ އިން މަރުހަބާ ދަންނަވާފައިވަނީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ އިސް އޮފިޝަލް އިންނެވެ.

މިއަދު ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހު ކުރައްވާ ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ހަލީލް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި އަހަރުގެ ރައިސިނާގެ ޗީފްގެސްޓްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފާ ލަކްސަން އެވެ.

އޭގެ އިތުރުން މި އަހަރުގެ މި ޑައިލޮގްގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ހަލީލު ބައިވެރިވެވަޑައިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާ ކުރުމުގެ މުހިއްމު ކަމަށް އަލިއަޅުވާލާ ވާހަކަފުޅު ދެއްކެވި ކަމަށްފޮރިން މިނިސްޓްރީން ބުންޏެވެ.

މި ދަތުރުފުޅުގައި، ހަލީލު، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރުގެ އިތުރުން ރައިސީނާ ޑައިލޮގްއަށް ވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި، އިސްވެރިންނާއި ބައްދަލު ކުރައްވާނެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy