މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ފަލާހު، މައިނޯރިޓީ ލީޑަރަކަށް ނާޒިލް!

---

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، މައިނޯރިޓީ ލީޑަރަކަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހަމަޖައްސަވައިފިއެވެ.

މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރުން ކަނޑަައަޅުވައި، އެކަން އިއުލާނު ކުރެއްވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ރިޔާސަތުން ދަންނަވާ ކަންތައްތަކުގެ ތެރެއިން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲއެވެ.

މަޖިލީހުގެ ޤަވައިދު ބުނާ ގޮތުން ނަމަ، މަޖިލީހުގައި މެޖޯރިޓީ ލީޑަރަކާއި މައިނޯރިޓީ ލީޑަރެއް ހުންނަން ޖެހެއެވެ. މެޖޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީގެ އެންމެ އިސް މެމްބަރެވެ. 20 ވަނަ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެއީ 75 ގޮނޑިއެވެ.

މައިނޯރިޓީ ލީޑަރަކަކީ މަޖިލީހުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ތަމްސީލު ކުރާ ޕާޓީގެ އެންމެ އިސް މެމްބަރެވެ. 20 ވަނަ މަޖިލީހުގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރަނީ އެމްޑީޕީންނެވެ. އެއީ 12 ގޮނޑިއެވެ.

އެހެން ކަމުން މަޖިލީހުގެ ރައީސް، އަބްދުއްރަހީމް ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ޕީއެންސީގެ ޕީޖީ ލީޑަރަކަށް އައްޔަން ކޮށްފައިވާ އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ފަލާހް އަދި މައިނޯރިޓީ ލީޑަރަކީ އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އައްޔަން ކޮށްފައިވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު، އިބްރާހިމް ނާޒިލް ކަން އިއުލާނު ކުރައްވާފައެވެ.

ފަލާހު ޕީއެންސީގެ ޕީޖީ ލީޑަރަކަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ނާޒިލް އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

---

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy