ރައީސް އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް
އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހުން އެންމެ ކަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހައިފައި ވަނީ، އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވުމަށްފަހު، އޭނާ ސައިކަލުގައި ދުއްވާފައި ދަނިކޮށް ހެލްމެޓް އަޅައިގެން ތިބި ބައެކެވެ.
މި އަމަލު ކުށްވެރި ކުރައްވައި މެޑަމް ސާޖިދާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މީހަކަށް މިފަދައިން ހަމަލާދީ އަދި އުނދަގޫ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.
އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމު ކުރުމަށް ޖާގަ ދިނުމަށް ވެސް އެ ކަމަނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
"ރޭގައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން އަޅުގަނޑު އެންމެ ހަރުކަށު އިބާރާތުން ކުށްވެރިކުރަން، އެއްވެސް މީހަކަށް މިފަދައިން ހަމަލާދީ އަދި އުނދަގޫ ކުރުމަކީ ބަލައިގަނެވޭ ކަމެއްނޫން، މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވާ، އިންސާފު ގާއިމު ކުރުމަށް ޖާގަ ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" މެޑަމް ސާޖިދާ ވިދާޅުވި އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި މިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅޭ ގޮތުން މަންދީ ދެއްކި ވާހަކައެއްގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަދި އެ ވާހަކަތަކާ ގުޅުވައިގެން ރައީސްގެ އާއިލާ އިން ވަނީ އޭނާގެ މައްޗަށް ދައުވާ ކުރާން ވެސް ނިންމަވާފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް