ކަނޑުއޮތްގިރީގައި އަޅަން ނިންމި މަސް ފެކްޓްރީ ހުޅުމާލެއަށް

ފެލިވަރު ކާރުހާނާގައި ބަޔަކު މަސައްކަތް ކުރަނީ: ފޮޓޯ/ މިފްކޯ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު(އައިއެސްޑީބީ)ގެ އެހީގައި ކަނޑުއޮތްގިރީގައި އަޅަން ނިންމި މަސް ފެކްޓްރީ ހުޅުމާލޭގައި އަޅާ ގޮތަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ މިފްކޯއިން ނިންމައިފި އެވެ.

މިފްކޯއިން ބުނީ މަސް ބަންދު ކުރާ ފެކްޓްރީއެއް ކަނޑުއޮތްގިރީގައި ހެދުމަށް މީގެ ކުރީން ނިންމި ނަމަވެސް ކެބިނެޓްގެ ނިންމެވުމަކާއެކު ހުޅުމާލެއިން ބިމެއް ލިބޭ ގޮތްވުމުން ކަނޑުއޮތްގިރި ދޫކޮށްލަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އަދި ފެކްޓްރީ ހުޅުމާލޭގައި އެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މިހާރު ބިމެއް ހަމަޖައްސައިދީފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ މަސް ފެކްޓްރީ އެޅުމަށް ބޭނުންވާ ލޯނު ހަމަޖެހިފައިވާ ކަމަށާއި އެހެން ކަމުން މި މަސައްކަތް ފެށުމަށް ޓަކައި ކުރާންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރާ ގުޅިގެން މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ޓަކައި އެޅުމަށް ހަމަޖެހިފައިވާ މި ފެކްޓްރީއަށް 65 މިލިއަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވާއިރު، މިއީ 35 ޓަނުގެ މަސް ޕްރޮސެސް ކުރުމުގެ ގާބިލުކަން ލިބިފައިވާ ފެކްޓްރީއެއް ކަމަށް މިފްކޯއިން ބުނެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy