ޕީޖީ އޮފީހަށް މީޑިއާ އޮފިސަރަކު ހޯދަނީ

ވެލާނާ ބިލްޑިންގު --

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީޑިއާ އޮފިސަރަކު ހޯދަން އިއުލާންކޮށްފި އެވެ.

ޕީޖީ އޮފީހުން ކުރި އިއުލާނުގައި މި މަގާމުގެ ޝަރުތުގެ ގޮތުގައި ހިމަނާފައި ވަނީ ޖާނަލިޒަމް ނުވަތަ މީޑިއާ އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ، މަތީ ފެންވަރުގެ ސެޓްފިކެޓެއް ހާސިލު ކޮށްފައިވުމާ އެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމެވެ.

މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި އޮފީހުން ރާވާ ހިންގައި ޕްރޮގްރާމް ތަކުގެ މައުލޫމާތު ތަކާއި، އޮފީހުން މީޑިއާ އާ ހިއްސާ ކުރުމަށް ބޭނުންވާ މައުލޫމާތު އޮފީހުގެ މިންގަނޑު ތަކަށް ފެތޭ ގޮތަށް ލިޔެ، އެ މައުލޫމާތު މީޑިއާ އާ ހިއްސާ ކުރުމަށް ކުރާން ޖެހޭ މަސައްކަތް ކުރުމާއި ޕޮރޮސިކިއުޓާ ޖެނެރަލް އަންގާ ހާލަތް ތަކުގައި އެ އޮފީހުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދިނުމާއި، މީޑިއާ އިންޓަވިއު ތަކުގައި ބައިވެރިވުމާއި އޮފީހުން ބާއްވާ އިވެންޓް ތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް މީޑިއާ އާ ހިއްސާ ކުރުން ހިމެނެ އެވެ.

އަދި ރޮސިކިއުޓާ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅާ ފަރާތެއްގެ އިރުޝާދާ އެކު އެ އޮފީހަށް ހުށަހެޅޭ މައްސަލަ ތަކުގެ މައުލޫމާތު މީޑިއާ އާ ހިއްސާ ކުރުމާއި އޮފީހުން ބާއްވާ އިވެންޓު ތަކާއި، އޮފީހުގެ އެހެނިހެން ހަރަކާތް ތަކާއި، މީޓިން ތަކާއި، ޕްރޮސިކިއުޓާ ޖެނެރަލް ބައިވެރިވާ ބައްދަލުވުން ތަކުގެ ވިޝުއަލް ކޮންޓެންޓު (ފޮޓޯ ވީޑިއޯ) ތައްޔާރުކޮށް، އެޑިޓްކޮށް، ޝާއިއުކޮށް، އާކައިވް ކުރުމާއި އޮފީހުން ބާއްވާ އިވެންޓް ތަކުގެ ހަބަރު ލިޔެ ޕޯސްޓު ކުރުމާއި، ވެބްސައިޓާއި، ސޯޝަލް މީޑިއާ އެކައުންޓުތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރާން ޖެހޭނެ އެވެ.

މިނޫނަސް މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި އޮފީހުގެ ސޯޝަލް މީޑިއާ (ޔޫޓިއުބް، ފޭސްބުކް، އެކްސް، ޓިކްޓޮކް، އިންސްޓަގްރާމް) އަދި ވެބްސައިޓަށް ބޭނުންވާ ފޮޓޯ އާއި ވީޑިއޯ ގްރެފިކްސް ކޮންޓެންޓު ތައްޔާރު ކުރުމާއި، މި ކަންކަމުގައި ލަފާ ދިނުމާއި އޮފީހުން ނެރޭ ނޫސްބަޔާންތައް ޑްރާފްޓު ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އޮފީހުން ބާއްވާ ނޫސްވެރީންގެ ބައްދަލުވުން ތަކުގެ އިންތިޒާމު ހަމަޖެއްސުމާއި، މީޑިއާއަށް ދައުވަތު ދިނުމާއި އަދި މީޑިއާ ތަކަށް މައުލޫމާތު ދިނުމަށް ޓަކައި ބޭނުންވާނެ ތަފާތު އެކި ވަސީލަތް ތަކާއި، މައުލޫމާތު އެއްކޮށް، ފޯރުކޮށްދިނުމާއި އޮފީހުން މީޑިއާއަށް ދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި އަދި މީޑިއާއިން އެ އޮފީހުން ހޯދަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި ފެސިލިޓޭޓް ކޮށްދިނުމާއެކު މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާގެ ތެރެއިން ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅައި ފަރާތަކުން ހަވާލު ކުރާ އެހެނިހެން މަސައްކަތްތައް ކުރުން ވެސް ހިމެނެއެވެ.

މި މަގާމުގެ މުސާރަ އަކީ މަހަކު 20,000 ރުފިޔާ އެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތް ތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، ޕީޖީ އޮފީހުގެ ލިންކު، https://online.pgo.mv/applications/jobs އަށް ހުށަހަޅަންޖެހޭނެ އެވެ.

އިތުރު މައުލޫމާތު ސާފު ކުރުމަށް ގުޅާނީ ޕީޖީ އޮފީހުގެ ނަންބަރު، 3003289 ފޯނަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy