--
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުތަކުގައި ހިމެނޭ އިސްލާމީ ދާއިރާތަކުގެ މަޝްރޫއުތަކުގެ ތެރެއިން 14 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު މިއަދު ސޮއިކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ 14 މަޝްރޫއުއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ 2 ރަށެއްގައި ގުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި އިމާރާތް ކުރުމަށާއި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ އިތުރުން 11 ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރީ 11 މަޝްރޫއުކެއެވެ. އަދި އެމްޓީސީސީއަށް ތިން މަޝްރޫއު އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުތަކުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާހު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މިއަދު ސޮއި ކުރި މަޝްރޫއުތަކުގެ ތެރެއިން މާބައިދޫ، އޮޅުވެލިފުށި، ހިރިލަންދޫ، ފޭދޫ، ހެނބަދޫ، އިނގުރައިދޫ، ނެއްލައިދޫ އަދި ކުޑަރިކިލުގައި ހިންގައި މަޝްރޫތަކަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ފެނަކައަށް ހަވާލުކުރި މަޝްރޫތަކެކެވެ. އޭގެ އިތުރުން ށ. ފޯކައިދޫގެ އިސްލާމީ މަރުކަޒަކީ 900 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ. އަދި ނޫމަރާ އާއި ވޭމަންޑޫ މިސްކިތަކީ 550 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
މުޅިއެކު 365 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާކުރީ ތިން މަޝްރޫއެކެވެ. އެއީ ހއ. ބާރަށުގެ އިތުރުން ބ. މާޅޮސް އަދި އއ. ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް