ޑރ. މަރިޔަމް މާރިޔާ
ޅަ ދަރީންނަކީ، ލޯތްބާއި އޯގާތެރި ކަމާއެކު ބެލެހެއްޓުމަށް ޓަކައި، މާތް ﷲ އަޅުގަނޑުމެންނާ ހަވާލު ކުރައްވާފައިވާ މާތް އަމާނާތެއް ކަމަށާއި ނަމަވެސް މިއަދު ފެންނަނީ މީސްމީޑިއާގައި ކުޑަކުދީންނަށް އަމާޒުކޮށް ވެސް އުނދަގޫކޮށް ފުރައްސާރަ ކުރާ ހިތާމަވެރި މަންޒަރު ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަރިޔަމް ޒުބެއިރު (މަންދީ) ރައީސް މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ތަކެއް ދައްކާފައިވަނިކޮށެވެ.
ފޭސްބުކުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ މިއީ އަޅުގަނޑުމެން ކަރުނައަޅައި ރޯންޖެހޭ ވަރުގެ ހިތި ހަގީގަތެއް ކަމަށާއި މި އަނިޔާވެރިކަން މިހާރުން މިހާރަށް ހުއްޓާން، ނުވަތަ ހުއްޓުވާން ޖެހޭ ކަމަށެވެ.
އެއްވެސް ކުއްޖަކު މި ފަދަ ވޭނެއް އިހުސާސް ކުރާން ޖެހޭ ގޮތް ހެދުމަކީ ގާނޫނީ ކުށެއްކަން ފާހަގަ ކުރައްވާ އެ ކަމަނާ ވިދާޅުވީ ހާއްސަކޮށް، މައުސޫމު ކުދީން ރައްކާތެރި ކުރުމުގެ ޒިންމާއަށް އިހުމާލު ވެގެން ތިބި ބޮޑެތި މީހުން، މި ފަދަ ނޭއްގާނި އަމަލުތަކާ މެދު ލަދުގަންނާން ޖެހޭނެ ކަމަށެވެ.
އިސްލާމްދީނުން އަޅުގަނޑުމެންނަށް އުގަންނައިދެނީ ހެޔޮކަމާއި އޯގާތެރި ކަމަކީ އެންމެ މަތިވެރި ސިފަތައް ކަމަށާއި އެހެންވެ، ދީނުގައި މަލާމާތާއި އުނދަގޫ ކުރުމަށް ޖާގައެއް ނެތް ކަމަށް އެ ކަމަނާ ވިދާޅުވި އެވެ. އަދި ކީރިތި ރަސޫލާ (ސއވ) އަމިއްލަފުޅަށް ވެސް ކުޑަކުދީންނަށް ހާއްސަ އޯގާތެރިކަމެއް ބެހެއްޓެވި ކަމަށާއި އެހެން ކަމުން އެ ކުދީންނަށް ލިބޭ ކޮންމެ ގެއްލުމަކުން ސަލާމަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.
"މައެއް ނުވަތަ ބަފައެއް ނޫނީ ފުރިހަމަ ދިވެއްސެއްގެ ހައިސިއްޔަތުން ވިސްނިޔަސް، އަޅުގަނޑުމެން އަބަދު ވެސް އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ދަރިންގެ ދުޅަހެޔޮ ކަމަށް އިސްކަންދެމު، އަޅުގަނޑު މިވާހަކަ ދައްކަނީ ހަމައެކަނި ވެރިއެއްގެ ހައިސިއްޔަތަކުންނެއް ނޫން، އަނިޔާވެރި ކަމުގެ ސަބަބުން ކުޑަ ކުއްޖަކަށް ތަކުލީފެއް އިހުސާސް ކުރާން ޖެހެނީއޭ ހިތަށް އެރިޔަސް، ހިތް ރޮނީ މަންމަ އަކަށް ވީތީ،" މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ ވަނީ އަމިއްލަ ނަފުސުގެ ދިފާޅުގައި ކަމެއް ނުކުރެވޭ ބަލިކަށި ކުޑަ ކުދީންނަށް ގެއްލުންދޭ މީހުންނާ ދެކޮޅަށް ކޮންމެ މަޔަކާއި ބަފައެއްގެ އިތުރުން ކޮންމެ ރައްޔިތަކު ވެސް، ސާބިތުކަމާ އެކު ތެދުވާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް