އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް -- މިހާރު ފޮޓޯ
ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބަލާފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުން މި އަހަރު ހައްޖަށް ފޮނުވާ 50 މީހުން މިހާރު ވަނީ ހޮވާފަ އެވެ. އެ ފަރާތްތައް ކަނޑައަޅާފައި ވަނީ ހިލޭ ހައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ގުރު ނަގައިގެންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެ މީހުންގެ ހާލަތު ބަލައި ފަގީރުންގެ ޝަރުތަށް ފެތޭކަން ކަށަވަރުކޮށްފައި ކަމަށެވެ.
"މި ގޮތުން އެއާ ހިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ދައުރުގައި 1،000 މީހުން ހިލޭ ހައްޖަށް ފޮނުވުމަށް އެ މަނިކުފާނު އޮތީ ވައުދުވެވަޑައިގެންފަ އެވެ.
އެގޮތުން މިދިޔަ އަހަރުވެސް 50 މީހުން ހިލޭ ހައްޖަށް ފޮނުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް