ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއް: ހުތުބާ

--މާލޭގައި ހުކުރު ކުރަނީ

ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއް ކަމަށާއި އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުން ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވާފައިވާ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ "ނަސްރުގެ މައްސަރު"ގެ މައްޗަށެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ މާތްﷲ އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަސްރު ދެއްވުން ލައްވަވައިފައިވާ މައްސަރެއްކަން ފާހަގަކޮށް، ހުތުބާގައި ބުނީ އެ ގޮތުން ހިޖުރައިން ދެ ވަނަ އަހަރު ރަމަޟާން މަހުގެ 17 ވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނު ކަމަށާއި މި ހަނގުރާމައަކީ އިސްލާމީ ތާރީހުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ ކަމަށެވެ.

އެ ކަލާނގެ ވަހީކުރެއްވި ބަސްފުޅެއްގެ މާނަގައިވެ އެވެ. "ތިޔަބައިމީހުން ﷲއަށް (އެބަހީ: ﷲގެ ދީނަށް) ނަސްރުދޭ ނަމަ، އެ ކަލާނގެ ތިޔަބައިމީހުންނަށް ނަސްރު ދެއްވާނެތެވެ. އަދި އެ ކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތު ކުރައްވާނެތެވެ."

ބަދުރު ހަނގުރާމައިން ލިބުނު އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުސޫލު ބޭނުން ކުރުން ކަމަށާއި ކީރިތި ރަސޫލާ (ސއވ) މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންސާރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ.

ހުތުބާގައި ބުނި ގޮތުގައި ބަދުރު ހަނގުރާމައިން ލިބުނު ދެ ވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަ އެވެ. މުހާޖިރުންނާއި އަންސާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރި ކަމަކީ މި ކަމުގެ ރިވެތި މިސާލެއް ކަމަށާއި ޖިހާދު ކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަން ކަމަށެވެ.

ބަދުރު ހަނގުރާމައިގެ ދުވަހު މުހާޖިރުންނާއި އަންސާރުން ކީރިތި ރަސޫލާ (ސއވ) އަށް އެރުވި މަޝްވަރާއިން މި ކަން ހާމަވާ ކަމަށާއި ގުރައިޝުން މުސްލިމުންނާ ކުރިމަތިލާން އަންނަ ކަމުގެ ހަބަރު ކީރިތި ރަސޫލާ (ސއވ) އެ ކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ ތެރެއިން އަބޫބަކުރުގެފާނާއި އުމަރުގެފާނަށް ދެއްވުމުން އެ ބައިމީހުންނާ ކުރިމަތިލެއްވުމަށް ތާއީދު ކުރެއްވި ކަމުގަ އެވެ.

"އަދި އެ އަށް ފަހު މިގުދާދު ބިން އަމްރު ވިދާޅުވި އެވެ. އޭ ﷲގެ ރަސޫލާ އެވެ. ﷲ އިރާދަ ކުރެއްވި ގޮތަށް ކުރިޔަށް ވަޑައިގަންނަވާށެވެ. ތިމަންމެން ވާހުށީ ކަލޭގެފާނާ އެކުގަ އެވެ. ބަނީއިސްރާއީލުގެ މީހުން މޫސާގެފާނާ މުހާތަބު ކުރި ފަދައިން ތިމަންމެން ނުދަންނަވާހުށީމެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ، ތިމަންމެން މި ތާނގައި ތިބޭނޫއެވެ" ހުތުބާގައި ބުންޏެވެ.

އޭގެ ބަދަލުގައި ތިމަން ބޭކަލުން ދަންނަވާނީ "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށޭ ކަމަށާއި ތިމަންމެން ކަލޭގެފާނާއެކު ހަނގުރާމައިގައި ބައިވެރިވާހުށީމޭ ކަމަށެވެ.

ހުތުބާގައި ބުނީ އެ ހިނދު ކީރިތި ރަސޫލާ (ސއވ) އަންސާރީންގެ ހިޔާލު ހޯއްދެވި ކަމަށާއި އެ ހިނދު އެ ބޭކަލުންގެ ތެރެއިން ސައުދު ބުނު މުއާދު ވިދާޅުވީ، ތިމަންމެން މި ތިބީ ކަލޭގެފާނު ގެނެސްދެއްވި ރިސާލަތަށް އީމާންވެ، އެ ކަލޭގެފާނުގެ ބަސްފުޅު ތެދުކޮށްގެންނޭ ކަމަށެވެ. އަދި އެ ކަލޭގެފާނު ގެނެސްދެއްވި ރިސާލަތަކީ ހައްގު ތެދުކަން ގަބޫލުކޮށް އެ ކަމަށް ވެސް ހެކިވެގެންނޭ ކަމަށެވެ.

"އަދި އެ ކަމުގެ މައްޗަށް ކަލޭގެފާނަށް އަހުދު ކަށަވަރުދީ ކިޔަމަންތެރިވެގެންނެވެ. ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރިޔަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ގަންދީ ދަންނަމެވެ. ކަލޭގެފާނު ތިމަންމެންނާއެކު، ތިމަންމެންގެ ކައިރީގައި މި އޮތް ކަނޑަށް އެރިވަޑައިގަތުމަށް ވަޑައިގަތް ކަމުގައިވީ ނަމަވެސް ތިމަންމެން ކަލޭގެފާނާ އެކު ކަނޑަށް އެރޭ ހުށީމެވެ. ފަހެ ތިމަންމެންގެ ތެރެއިން ހަމަ އެކަކު ވެސް މިކަމާ ދެކޮޅެއް ނުހަދާހުއްޓެވެ" ހުތުބާގައި ބުންޏެވެ.

އެއީ ކިޔަމަންތެރި ކަމާއި އީމާންތެރި ކަމުގެ ރިވެތި ނަމޫނާއެއް ކަން ފާހަގަކޮށް، މިއަދުގެ ހުތުބާ ނިންމާލާފައި ވަނީ އަހަރެމެންނާ ހަމަޔަށް މި ދީން ފޯރުކޮށްދިނުމަށް އެ ބޭކަލުން އެ ވެވަޑައިގަތް ގުރުބާނީ އަހުރެމެން ބަލައިގަންނަނީ ކިހާވަރަކަށްތޯ އަހާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy