ހުޅުމާލޭގައި ބޭއްވި ރޯދަވީއްލުމެއްގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ
އެޗްޑީސީ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނާ ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ނަމުގައި ރޯދަ ވީއްލުމެއް ބާއްވަން ނިންމައިފި އެވެ.
ހުޅުމާލޭގެ އެކި ސަރަހައްދު ތަކަށް ބަހާލައިގެން ރައްޔިތުންނާއި އެޗްޑީސީ އަދި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ މަގުސަދަކީ ދިވެހީންގެ މެދުގައި ޒަމާނުއްސުރެ، އޮންނަ އެކުވެރި ކަމާއި އެއްބައިވަންތަ ކަން އާލާކޮށް ދިރުވުން ކަމަށް އެޗްޑީސީން ބުންޏެވެ.
"އަވައްޓެރި ރޯދަ ވީއްލުން" ރޭވިފައި ވަނީ ރޯދަ މަހުގެ އެކި ދުވަސް ތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ކުރިއަށް ގެންދާ ގޮތަށް، އެގޮތުން، ފުރަތަމަ ރޯދަ ވީއްލުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު، ހުޅުމާލޭ ފޭސް އެކެއްގެ ހުރަވީ ސުކޫލު ކުރިމަތީގައި އޮންނަ، 'ރަނައުރާ މަގުގައި، އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕީއާރު ޑިޕާޓްމަންޓް ހަސަން ޝަހީދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަން ކަމުގައި އެ ކުންފުންޏަށް އެއްބާރުލުން ދޭ ބައެއް ކަމަށެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތް ތަނުގައި ވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތް ތަކެއް ކުރިއަށް ގެންދިޔުމާއެކު، ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް