4 ސިއްހީ މަރުކަޒެއްގައި އައު އިމާރާތް ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކުރުން --
އަތޮޅުތެރޭގެ ހަތަރު ސިއްހީ މަރުކަޒެއްގައި އައު އިމާރާތް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީ އާ މިއަދު ހަވާލު ކޮށްފި އެވެ.
މި މަޝްރޫއުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައ، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު (ރިޓަޔާޑް) ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.
މި މަޝްރޫއުގެ ދަށުން، ތ. ވިލުފުށީ ހޮސްޕިޓަލާއި ވ. ފެލިދޫ ހޮސްޕިޓަލަށް 37 އެނދު އެކުލެވޭ 76،175 އަކަމީޓަރުގެ މެއިން ބިލްޑިން އަކާއި، 2،563 އަކަމީޓަރުގެ ސާވިސް ބްލޮކަކާއި، 7،147 އަކަމީޓަރުގެ އެކޮމޮޑޭޝަން ބްލޮކެއް ހިމެނޭ އައު އިމާރާތެއް އިތުރު ކުރާނެ އެވެ. އަދި، ށ. މާއުނގޫދޫ ސިއްހީ މަރުކަޒާއި ނ. ފޮއްދޫ ސިއްހީ މަރުކަޒަށް 16 އެނދުގެ ޖާގަ އެކުލެވޭ 15،650 އަކަމީޓަރުގެ އިމާރާތެއް ވެސް އިތުރު ކުރާ ގޮތަށް ނިންމާފައިވެ އެވެ.
ތ. ވިލުފުށީ އަދި ވ. ފެލިދޫ ހޮސްޕިޓަލްގެ އައު އިމާރާތް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކުރީ 105.13 މިލިއަން ރުފިޔާ، އަދި 105.3 މިލިއަން ރުފިޔާ އަށެވެ.
މި ދެ މަޝްރޫއު އަކީ 540 ދުވަސް ތެރޭ ނިންމުމަށް ހަވާލު ކުރި ދެ މަޝްރޫއު އެވެ.
މީގެ އިތުރުން، ށ. މާއުނގޫދޫ އަދި ނ. ފޮއްދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްގީ ކުރުމުގެ މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ 27.2 މިލިއަން ރުފިޔާ، އަދި 26.8 މިލިއަން ރުފިޔާއަށެވެ.
މި ދެ މަޝްރޫއު އަކީ 360 ދުވަސް ތެރޭ ނިންމުމަށް ހަވާލު ކުރި ދެ މަޝްރޫއު އެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް