ޕީއެންސީން ނޫސްވެރީންނަށް މައުލޫމާތު ދެނީ --
ޕާޓީގެ ބޭނުމަށް މައުލޫމާތުތަކެއް ހޯދަން ކަމަށް ބުނެ، މެސެޖުތަކެއް ދައުރު ކުރަމުން އަންނަ މައްސަލައެއް ސަމާލުކަމަށް އައިސްވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ) އިން ބުނެފި އެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުމޫލާތެއް ހޯދާ ނަމަ، އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިން ކޮމެޓީ ތަކަށް ޕާޓީގެ މައި އިދާރާއިން ނުވަތަ ޕާޓީގެ ރަސްމީ ހައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ނުވަތަ އެ ކަމަށް ކަނޑައަޅާފައި ޕާޓީގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކަމަށެވެ.
އަދި ޕާޓީގެ ބޭނުމަށް ގުޅާނަމަ ގުޅާނީ، ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތަކުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޕީއެންސީން ބުނީ އެސްއެމްއެސްގެ ޒަރީއާއިން އެއްވެސް މައުލޫމާތެއް ހޯދަން އެ ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށެވެ. އަދި މިހާތަނަށް ފާހަގަ ކުރެވުނު އެ ބާވަތުގެ މައްސަލަތައް ދިވެހި ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން ގެންދާނެކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.
"ސީޔާސީ ބޭނުމަކަށް މި ޕާޓީގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް ފޮނުވުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލު، އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލަން" އެ ބަޔާނުގައިވެ އެވެ.
ޕީއެންސީން ވަނީ އެފަދަ ސައްހަ ނޫން މެސެޖުތަކަށް އިޖާބަނުދިނުމަށާއި އެފަދަ މެސެޖެއް ލިބިއްޖެ ނަމަ ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް އެ ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް