ޑރ. މަރިޔަމް މާރިޔާ --
މޯލްޑިވްސް ކަރެކްޝަން ސާވިސް (އެމްސީއެސް) ގެ ޕްރިޒަން އޮފިސަރުން ކުރަނީ ނަފުސާނީ ގޮތުން ވަރުބަލިކަން ލިބޭ މަސައްކަތެއް ކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން "ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ގެ 12 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މާފުށީ ޖަލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޑރ. މާރިޔާ ވިދާޅުވީ މި މަސައްކަތަކީ ނަފްސާނީ ގޮތުން ވަރުބަލިކަން ލިބޭ މަސައްކަތެއްކަމަށާއި އެ މަސައްކަތުގައި އުޅޭއިރު، އިހުލާސްތެރިކަމާއި ތެދުވެރިކަމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ދަތި އުދަނގޫ ކޮންމެ މާހައުލެއްގައި ކެތްތެރިކަމާއި ވަފާތެރިކަން ދަމަހައްޓަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތަމުރީނަކީ މަސައްކަތުގެ އަސާސް ކަމަށާއި މި ފަދަ ތަމުރީން ތަކުން ދަސްކުރާ ކަންކަން ހަނދާނުގައި ބަހައްޓައިގެން ވަޒީފާގައި ލިބޭ ފިލާވަޅުތަކާއެކު ކުރިއަށް ދިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަކުރެއްވި އޮފިސަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
މުޅިއެކު 15 ހަފްތާއަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގެ މި ބެޗްގައި އެމްސީއެސްގެ ވަޒީފާއާ އަލަށް ގުޅުނު 39 ޓްރޭނީން ބައިވެރިވެފައިވާއިރު، އެކި ސަބަބުތަކާ ހުރެ ޓްރޭނިން ފުރިހަމަ ކޮށްފައި ވަނީ 33 އޮފިސަރުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް