--
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފި އެވެ.
ނަރީޝް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރާން ފުރުސަތު ލިބުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ނަރީޝް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، 2021 ވަނަ އަހަރު ބޭއްވި ފޯރި ގަދަ ލޯކަލް ކައުންސިލު އިންތިހާބުގައި މާފަންނު މެދު ދާއިރާގެ ރައްޔިތުން އޭނާއާ މެދު ބެހެއްޓި ގާތްކަމާއި އިތުބާރުކޮށް، ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބު ކޮށްދިނީތީ ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި އޭނާ އެ މަގާމަށް އިންތިހާބު ކުރާން ތާއީދުކޮށް ވޯޓު ދެއްވި ކައުންސިލަރުންގެ އިތުރުން މިހާރު މޭޔަރު ކަމުގައި ހުންނެވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އާދަމް އާޒިމްގެ އަރިހުން ލިބިވަޑައިގެންނެވި ފިލާވަޅުތަކަށް ވެސް ނަރީޝް ޝުކުރު އަދާ ކުރެއްވި އެވެ.
އިސްތިއުފާގެ ސިޓީގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބެހެއްޓެވި ގާތް ކަމަށާއި އެ މަނިކުފާނު ދެއްވި އެހީތެރިކަމަށް ވެސް ނަރީޝް ޝުކުރު އަދާކުރައްވާފައިވެ އެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ނަރީޝް އިންތިހާބު ކުރީ 2021 ވަނަ އަހަރުގެ ޖޫން 21ގަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް