ޑެޕިއުޓީ ގަވަރުނަރު ވަކިކުރާން މަޖިލީހަށް ހުށަހަޅައިފި

ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު — މިހާރު ފޮޓޯ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އެ މަގާމުން ވަކިކުރާން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހަޅައިފި އެވެ.

ޑެޕިއުޓީ ގަވަރުނަރު ކަމުން އިމާދު ވަކި ކުރާން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާން ކޮމިޓީއަށް މިއަދު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދެވެ.

އެ މައްސަލައިގައި ފާހަގަ ކޮށްފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ކުރީގެ ގަވަރުނަރު އަލީ ހާޝިމް ހުރިއިރު، ގާނޫނުގައި ބަޔާން ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވިފައި ނުމުވުމާއި އެމްއެމްއޭގެ މައިގައިނޑު އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އެންމެ އަކަށީގެން ގޮތަށް ހިނގައި ދިޔަތަން ފެނިފައިނުވާ ކަމަށެވެ. އޭގެ އިތުރުން ގާނޫނުން އިމާދުގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް އޭނާ ފަސްޖެހިފައިވާ ކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީގެ ދެ މެންބަރުން ކަމުގައިވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ، އެ ހުށަހެޅުމަށް ތާއީދެއް ނުކުރައްވަ އެވެ.

އެ ދެ ބޭފުޅުން ފިޔަވައި ދެން ތިއްބެވި ހުރިހާ މެންބަރުންގެ ވޯޓާ އެކު އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅާން ފާސް ކޮށްފައެވެ. އެ މައްސަލަ ކޮމިޓީން ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ތަޅުމުން ފާސް ކޮށްގެންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy