ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން -- އެމްވީ ކްރައިސިސް ފޮޓޯ
ސިފައިންނާއި ފުލުހުން ގުޅިގެން މާލޭ ސަރަހައްދުގައި ރޭ ކުރިއަށް ގެންދިޔައީ ޓެރެރިޒަމްގެ އަމަލުތަކާ ދެކޮޅަށް ހިންހި އޮޕަރޭޝަނެއް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފުލުހުން ރޭ މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ގައުމީ ސަލާމަތާ ގުޅޭ ކުއްލި އޮޕަރޭޝަނުގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެކަމާ ގުޅުން ހުރި ބައެއް ތަންތަން ބަލައި ފާސްކުރި އެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އިންޓެލިޖެންސް ރިޕޯޓުތަކާ ގުޅުވައިގެން އާންމުކޮށް ހިންގައި އޮޕަރޭޝަންތައް ކަމަށެވެ.
އެގޮތުން ރޭގެ އޮޕަރޭޝަނުގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށް، އުޅަނދުތަކާއި ގެތައް ފާސްކުރި ކަމަށާއި އެކަމަކު، އެކަމާ ގުޅުން ހުރި އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ރާއްޖެއަކީ ދިވެހީންނަށާއި މި ގައުމަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ރައްކާތެރި ގައުމަކަށް ހެދުމަށް ޓަކައި ކަމާ ގުޅުން ހުރި އިދާރާ ތަކުން އަވަސް ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް