މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ސިޓީ ކައުންސިލް
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކާ ގުޅުވައިގެން ޝަކުވާ ހުށަހެޅުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެކަމަށް ބޭނުންވާނޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު ދެންނެވުމުގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތް ތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޓަކައި އެ އިދާރާގެ އާއްމު ހިދުމަތްތަކާބެހޭ ބައިގައި މިއަދުން ފަށައިގެން މި މަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެ އިންތިޒާމު ހަމަޖައްސާފައި ވާނެ ކަމަށެވެ.
އެ ގޮތުން ހިދުމަތް ދޭ ގަޑި ތަކަކީ ހެނދުނު 10:00 ން 2:30 އަށް އަދި ރޭގަނޑު 9:30 އިން 11 އަށެވެ.
މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިމާރާތް ކުރި 4،000 ފުލެޓުގެ ތެރެއިން ޝަރުތުހަމަވެ، ފުލެޓު ލިބުނީ 1،820 މީހުންނަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ، 75 ޕޮއިންޓު ލިބިފައިވާ 1،423 މީހުންނާއި ދެ ކޮޓަރީގެ ލިސްޓުގައިވާ 1،218 މީހުންގެ ތެރެއިން ޝަރުތުހަމަވެ، 73 ޕޮއިންޓުލިބުނު 397 މީހުންނެވެ.
ފުލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް