ކޮލަމްބިއާ އިން އިސްރާއީލަށް ބޯޓްދެލި އެކްސްޕޯޓްކުރުން ހުއްޓާލައިފި

ކޮލަމްބިއާގެ ރައީސް ގުސްޓަވޯ ޕެޓްރޯ

އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން ކޮލަމްބިއާ އިން އިސްރާއީލަށް ބޯޓްދެލި އެކްސްޕޯޓްކުރުން ހުއްޓާލައިފިއެވެ.

ފަލަސްތީނުގެ ނޫސް އެޖެންސީ (ވަފާ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮލަމްބިއާގެ ރައީސް އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ "ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ނިމެންދެން ކޮލަމްބިއާ އިން އިސްރާއީލަށް ބޯޓްދެލި އެކްސްޕޯޓްކުރުން ހުއްޓާލާނަން" ކަމަށެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ޑިޕްލޮމެޓިކް ފިޔަވަޅުތައް އަޅަމުންދާ ޤައުމުތަކުގެ ލިސްޓުގައި ވެސް ކޮލަމްބިއާ ހިމެނެއެވެ.

މިދިޔަ މެއި މަހު ކޮލަމްބިއާގެ ރައީސް ވަނީ އިޒްރޭލާ އެކު ސިޔާސީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައެވެ. އަދި އިސްރާއީލުގެ ރައީސް ނަތަންޔާހޫ އާއި އޭނާގެ ބޮޑުވަޒީރު ފަލަސްތީނުގައި އިސްރާއީލުގެ ސިފައިން ހިންގާ ގަތުލުއާންމަށް ޒިންމާވާން ޖެހޭނެކަމަށް ވެސް ވަނީ ކޮލަމްބިއާއިން ބުނެފައެވެ.

ނަތަންޔާހޫއަކީ ޣައްޒާގައި "ޖަރީމާ ހިންގާ" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮލަމްބިއާގެ ރައީސް ވަނީ އިޒްރޭލުން ފަލަސްތީނުގައި ހަނގުރާމާގެ ޖަރީމާ ހިންގަމުންދާ ކަމަށް ބުނެ ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލާގައި އޭނާގެ ގައުމުން ތަދައްޚުލްވާން ބޭނުންވާ ކަމަށް ބުނެފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

25 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy