ހޯމަ ދުވަހުން ފަށައިގެން މަސްދަޅު ކޭސް ދޫކުރާނީ މިފްކޯގެ ފިހާރަތަކުން

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ދޫކުރުން -- މިހާރު ފޮޓޯ

ސަރުކާރުން މި ރަމަޟާންމަހު ރޯދަ ހަދިޔާގެ ގޮތުގައި ދެމުން އަންނަ މަސްދަޅު ކޭސް އަންނަ ހޯމަ ދުވަހުން ފަށައިގެން ދޫ ކުރާނީ ހަމައެކަނި މިފްކޯގެ ފިހާރަ ތަކުން ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މިހާތަނަށް އައިއިރު، މާލެ ސަރަހައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މިރެއާ އެއްގޮތަށް މާދަމާރޭ ވެސް 13 މަރުކަޒުން ރޯދަ ހަދިޔާ ދޫކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ފަރާތް ތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، ދެން ރޯދަ ހަދިޔާ ދޫ ކުރާނީ މިފްކޯގެ ފިހާރަ ތަކުން ކަމަށާއި އެގޮތުން މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ ހަތަރު ފިހާރަ ހުޅުވާފައި ހުންނަ ވަގުތު ތަކުގައި މަސްދަޅު ކޭސް ދޫކުރުން ކުރިޔަށް ގެންދާނެ ކަމަށެވެ.

މި ބަދަލު ގެނައި ނަމަވެސް މިފްކޯގެ ފިހާރަ ތަކުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.

މި ރޯދަމަހަށް ސަރުކާރުން ދޭ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދޭނީ 180 ގުރާމުގެ 48 ދަޅުގެ ކޭހެކެވެ.

ސަރުކާރުން ކުރިން ބުނެފައި ވަނީ ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގިނަ ގޭބިސީ ތަކަށް މަސްދަޅު ކޭސް ބަހާނެ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

11 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy