އެޕް މެދުވެރިކޮށް ފެންބިލު ދައްކާ ތިން މީހަކަށް އެމްޑަބްލިއުއެސްސީގެ ފަރާތުން އުމްރާ ދަތުރެއް

---

އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނީގެ އެޕް މެދުވެރިކޮށް ބިލު ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ނަސީބުވެރި ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިޕްރޮމޯޝަންގެ މަޤުސަދަކީ ރަމަޟާންމަހާ ގުޅުވައިގެން ކުންފުނީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއެކު ވީހާވެސް ގިނަ ކަސްޓަމަރުން ކުންފުނީގެ އެޕަށް އަހުލުވެރިކުރުވުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ މި ހިނގާ މާޗުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ކަސްޓަމަރުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

  • ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުން

  • ޕްރޮމޯޝަން މުއްދަތުގެ ތެރޭގައި ކުންފުނީގެ އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދައްކާ ކަސްޓަމަރުން

  • ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރުން

އުމްރާ ދަތުރު ލިބޭ ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އަދި ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީޚު ފަހުން ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށާ މިކަމާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105އަށް ގުޅުމުން މައުލޫމާތު ސާފު ސާފު ކުރެވޭނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މިޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ތިން ނަސީބުވެރި ފަރާތް އިއުލާންކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy