އާދަމް ޝަރީފް: މިނިސްޓްރީގެ ވޯކް ފޯސް ވަރުގަދަކަމުން އުފާ ކުރައްވާ ކަމަށް ވިދާޅުވި – ދިޔަރެސް ފޮޓޯ
މިނިސްޓްރީގައި އޮތީ ވަރުގަދަ ވޯކް ފޯހެއް ކަމަށާއި ސައުވީސް ގަޑިއިރު ހުއްޓާ ނުލާ މަސައްކަތް ކުރާން ޖެހުނަށް އެކަން ވެސް އެ ފޯހުން ކުރާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއާއި ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް މިފަދައިން ވިދާޅުވީ މާލޭގެ މަގުތަކުގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތަށް މިއަދު ނުކުތް އެ މިނިސްޓްރީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެ މުވައްޒަފުންނަށް ހައްގު ޝުކުރު އަދާ ކުރައްވަމުންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ތަޖުރިބާ ލިބިފައިވާ ހުނަރުވެރި، ވޯކް ފޯހެއް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމެންޓުގައި އެބައޮތް ކަމަށެވެ. އަދި ރޭގަނޑާއި ދުވާލު ނުނިދާ ތިބެގެން މަސައްކަތް ކުރާން ޖެހުނަށް އެ ހާލަތަށް ވެސް ތައްޔާރު ކަމަށާއި އެއީ މި މަސައްކަތަށް ލިބުނު ރަނގަޅު ފަހި ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތި ވިޔަސް، އެ ކަމަށް ނަގާން ޖެހޭ ހުރިހާ މެޝާސް ތަކެއް ނަގައިގެން އެ ރިސްކަށް ތައްޔާރު ވެގެން މަސައްކަތް ކުރުމުގައި ވަރަށް ރަނގަޅު ފޯސްއެއް އޮތްކަން އެއީ މި ސައްކަތަށް އޮތް ވަރަށްބޮޑު ފަހި ފުރުސަތެއް، މި ފުތުސަތުގަ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ލޯކަލް މިނިސްޓްރީގެ މުވައްޒަފުން މާލޭ ކާނުތައް ސާފު ކުރުމުގެ މަސައްކަތް، މަޖީދީ މަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިން ފެށީ މިއަދު ހެނދުނު 9:30ގަ އެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ދަށުން މުޅި މާލެ ސާފު ކުރާން ޖެހޭތީ، އެ ކަމަށް ވަގުތު ބޭނުންވާ ކަމަށާއި އެހެންވެ، މި މަސައްކަތް އެއްކޮށް ނިންމާލަން އަދި ހަ މަސް ދުވަސް ނަގާނެ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދާއިރު، ރަސްފަންނު ސާފު ކުރުމާއި ސަލްޓަން ޕާކަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ވެސް މިނިސްޓްރީގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. އަދި މި ރޯދަމަހު ވެސް ކާނު ސާފު ކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިކަން އަޅުގަނޑުމެން ކުރަމުން ގެންދާނަން ރޯދަމަހު ވެސް ދެ އިރު، އަދި ރޯދަ މަސް ނިމުމުން ވަރަށް ގިނަ ވަގުތު އަޅުގަނޑުމެން މި މަސައްކަތުގައި ހޭދަ ކުރާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް