އަޒުމަކަށް ވާންވީ އިސްލާމްދީނުގެ ރިވެތި އުސޫލު ތަކަށް އަމަލުކުރާ، މީހަކަށް ވުމަށް: ރައީސް

ރައީސް ޑރ. މުއިއްޒު: އަޒުމަކަށް ވާންވީ އިސްލާމްދީނުގެ ރިވެތި އުސޫލު ތަކަށް އަމަލުކުރާ، މީހަކަށް ވުމަށް ކަމަށް ވިދާޅުވި — ރައީސް އޮފީސް ފޮޓޯ

ދިވެހި ގައުމިއްޔަތު ދިރުވައި އާލާ ކުރާ ދުވަހުގެ އަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރިވެތި އުސޫލު ތަކަށް އަމަލު ކުރާ، ދިވެހީންގެ ހަރުދަނާ ސިފަ ތަކަށް ގަދަރު ކުރާ މީހަކަށް ވުމުގެ އަޒުމު ކަމަށާއި، އޭރުން ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ފެންވަރުގައި މިއަދު ފާހަގަ ކުރާ ދިވެހި ގައުމިއްޔަތު ދިރުވައި އާލާ ކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ދިވެހީންގެ ތެރޭގައި މިއަދު ދިވެހި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލައްވަން މަސައްކަތް ތަކެއް ކުރާން ޖެހިފައިވާ ކަމަށެވެ. އެކަމަށް ޓަކައި މި ޒަމާނުގައި ބޭނުންވަނީ އިލްމީ ހަމަތަކެއް ކަމަށާއި މާތް ﷲގެ އިރާދަފުޅާއެކު، އެ ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހީންގެ ތަރިކަތައް ޒަމާނީ ޓެކްނޮލޮޖީ އާއި އިގުތިސޯދީ ވިސްނުން ޝާމިލު ކޮށްގެން، ދެމެހެއްޓެމުން، ބެލެހެއްޓެމުން ދާނެ ކަމަށާއި މާތް ވެގެންވާ އިސްލާމްދީން މެދުވެރިކޮށް ދިވެހީންގެ ސަގާފަތް އަބަދު ވެސް އިސާލާހު ކުރެވެމުން، ނުރަނގަޅު ދޮރުތައް ބަންދު ކުރެވެމުން، ރަނގަޅު ކަން ކަމަށް ތަރުހީބު ދެމުން ކުރިޔަށް ދާނެ ކަމަށެވެ.

ގައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުން ކުރާ މިންގަނޑެއް އޮންނަ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ މުޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަން ވެގެން ދާނީ އެ ބަޔަކު ގަބޫލު ކުރާ ހަމަތަކެއްގެ މަތީން، ނުވަތަ އެ ބަޔަކު ދުނިޔެ ދެކޭ ގޮތެއްގެ މަތީން ކަމަށެވެ.

އަދި ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުން ކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމްދީން ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ގައުމިއްޔަތަށް އައި އެންމެ ހެޔޮ އިންގިލާބު ކަމުގަ އެވެ.

އަގީދާގެ ގޮތުން އެއްކައުވަންތަ މާތް ﷲއަށް ވަކީލުކުރާން ފެށުމާއި އިންސާނިއްޔަތު ކަމުގެ ގޮތުން އެކިއެކި ނަން ނަމުގައި އިންސާނުން ގުރުބާން ކުރުން ނިމުމަކަށް ގެނެސް، އިންސާނީ ކަރާމާތް ދިފާއުކޮށް މަތިވެރިކޮށް، މިސްކިތްތައް ބިނާކޮށް، ފަސް ވަގުތު ނަމާދަށް ދިޔުމާއި ވެރީންނަށް އިހުތިރާމު ކުރުމާއި އަމާނާތްތެރިކަން އާންމުވުން އޭގެ ތެރޭގައި ހިމެނޭ ކަމުގައި ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ދިވެހީންނަކީ އަހުންތަކެއް ކަމަށް ގަބޫލު ކުރެވި، އެކަކު އަނެކަކަށް އަޅައިލައި، ހަމްދަރުދީ ވުމުގެ ރީތި މިސާލު ތަކަށް ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށިކަމާއި، މުޅި ރާއްޖޭގައި އަމާންކަން ގާއިމުވެ، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި، ހައްގު ގޮތުގައި ޖިހާދުކޮށް މި ލޮބުވެތި ވަތަން މިނިވަން ކުރެވިދިޔަ ކަން ވެސް ރައީސް ހިތޯބުގައި ފާހަގަ ކުރެއްވި އެވެ.

ގައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެ ބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައް ކަމަށާއި އަދި އެ ތަޖުރިބާ ތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތޯބު ނިންމަވާލެއްވީ، ރާއްޖެއަކީ، ރޫހާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު ރައްޔިތަކު ދިރިއުޅޭ، ބާއްޖަވެރި އުފާވެރި ގައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި، ދުއާ ދަންނަވަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy