އިނގުރައިދޫ ދާއިރާގެ މެންބަރުން އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު --
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތަސް ޝަރުއީ ދާއިރާއަށް އަތެއް ނުބާނާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު ރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ލިބިފައި އޮތަސް ޝަރުއީ ނިޒާމަށް އަތްފައި ބާނަން ދިމާ ނުކުރައްވާނެ ކަމަށެވެ. އަދި ފަނޑިޔާރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުން ފަދަ ދިމިގުރާތީ އުސޫލު ތަކާއި، ރޫލް އޮފްލޯ އާއި ހިލާފު ކަންކަން ވެސް އެ މަނިކުފާނުގެ ސަރުކާރުން ނުކުރާނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
ޕާލިމެންޓްރީ ސްޕްރަމަސީ އަކީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގައި އަމުދުން ދަމަހައްޓަން ޖެހޭ ކަމެއްކަން ފާހަގަ ކުރައްވަމުން ފަލާހު ވިދާޅުވީ ފަނޑިޔާރު ގޭގެ އަދަދު ކަނޑަ އަޅާން މަޖިލީހުން ގާނޫނަށް އިސްލާހު ގެނައުމަކީ މަޖިލީހަށް ގާނޫނު އަސާސީ އާއި ގާނޫނު ތަކުން ލިބިދޭ މުތުލަގު ބާރެއް ކަމަށެވެ.
ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން މިހާރު ވަނީ ފާސްކޮށްފި އެވެ.
ފަލާހު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން މަޖިލީހުން ނިންމި ނިންމުމެއް ނޫން ކަމަށާއި ރައީސް މުއިއްޒަކީ ޑިމޮކްރަސީ ގެ ރޫލް އޮފް ލޯ އަށް ފުރިހަމަ އަށް އިހުތިރާމް ކުރައްވާ، އިންސާފުވެރި ކަމާއި އަދުލުވެރި ކަމާ އެކު ވެރިކަން ކުރައްވާ ރައީސެއް ކަމަށެވެ.
"ފަނޑިޔާރުން، ސިފައިން ނެރެ ބަރު ހަތިޔާރު ދައްކައިގެން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރަގަހަށް ބޮޑި އަޅުވައި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ފަހަތުން ދުވަން ރައީސް މުއިއްޒު ނޫޅުއްވާނެ، އެހެން އުޅުނު މީހުންނަށް ހީވާނީ ހަސަނަށް ހީވި ހެން، މިހާރު ވެގެން އެ އުޅެނީ އެހެން،" ފަލާހު ވިދާޅުވި އެވެ.
މެންބަރު ފަލާހު ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ދަށުން ވެރިކަން ކޮށްފައިވާ ބައެއް ވެރީން ރާއްޖޭގެ ފަނޑިޔާރުގެ އަށް އަތާއި، ފައި ބާނައިގެން އުޅުނު ކަން ނުދަންނަ ބަޔަކު ރާއްޖެ އާއި މުޅި ދުނިޔޭގައި ވެސް އުޅޭނެ ހެން ހީނުވާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް