އެޗްޑީސީއާއި ސަލަފު ގުޅިގެން ހުޅުމާޅެ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދެނީ

އެޗްޑީސީ، ސަލަފު ގުޅިގެން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް އިފުތާރު ޕެކް ފޯރުކޮށްދޭން ނިންމާފަ

އެޗްޑީސީ އާއި ސަލަފު ޖަމުއިއްޔާ ގުޅިގެން، ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ރޯދަ މަހުގައި ފޯރުކޮށްދޭ އިފްތާރު ޕެކްތައް ތައްޔާރު ކުރުމަށް އެޗްޑީސީން ވަނީ ސަލަފު ޖަމުއިއްޔާއަށް ބޭނުންވާ ވޯކިން ސްޕޭސް ހަމަޖައްސައިދީފަ އެވެ.

އެގޮތުން، ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނަށް އެ ޕްރޮގުރާމްގެ ދަށުން އިފްތާރު ޕެކް ފޯރުކޮށްދޭނެ އެވެ.

މި ޕްރޮގްރާމްގެ ކޯޑިނޭޓަރު މުޙައްމަދު ޝުޖާއު ވިދާޅުވީ ހިލޭ ސާބަހަށް ކުރާ އެފަދަ ކަންކަމަށް ވެސް ބޮޑު ކުލީގައި ތަނެއްހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް ކަމަށާއި އެހެންކަމުން މިފަދަ ތަނެއް ހަމަޖެހުމަކީ މި މަސައްކަތަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށެވެ.

ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމެއް،" ސުޖާއު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ބަރަކާތްތެރި ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ޓކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއްނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރީން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއްވެސް މެއެވެ.

އެޗްޑީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ، ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މުޖުތަމައުއަށް ފައިދާ ހުރި ގިނަ ޕްރޮގުރާމް ތަކެއް ހިންގުމާއެކު ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުން ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

28 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy