އައިޖީއެމްއެޗުގެ ހިދުމަތްތައް ހަރުދަނާ ކުރާން މަޝްވަރާ ކޮށްފި

އައިޖީއެމްގެ ހިދުމަތްތައް ހަރުދަނާ ކުރުމަށް މިވަނީ މަޝްވަރާކޮށްފައި --

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް އިން ދެމުންގެންދާ ހިދުމަތްތައް ހަރުދާނާ ކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް އިބްރާހިމް އެ ހޮސްޕިޓަލްގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިބައްދަލުމުގައި މިނިސްޓަރު ނާޒިމް ދެއްކެވި ވާހަކަފުޅުގައި އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަ ކުރުމާއި، އައިޖީއެމްއެޗްގެ ސްޕެޝެލިސްޓުން މެދުވެރިކޮށް އަތޮޅު ތެރޭގައި ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކޮށް ގެންދިއުމަށް އިރުޝާދު ދެއްވި ކަމަށެވެ.

އަދި އައިޖީއެމްއެޗުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ވީހާވެސް ސާފުކޮށް، ރައްޔިތުން އިހުތިރާމް ކުރާ އަދި ބަލައިގަންނަ ތަނަކަށް އެ ހޮސްޕިޓަލް ހެދުމަށް ޓަކައި ކަސްޓަމާ ކެއާގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރުމަށް ވެސް މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން މި ބައްދަލުވުމަށްފަހު މިނިސްޓަރު ވަނީ އައިޖީއެމްއެޗްގައި އެނދުގެ އަދަދު ނުވަތަ ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފަ އެވެ.

ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ހިދުމަތް ފުޅާކޮށް، އެޑްމިޓްކޮށް, ހިދުމަތްދޭ ފަރާތް ތަކަށް މިހާރު ދޭ ހިދުމަތް ހަރުދާނާ ކުރުމަށް ޓަކައި 75 އެނދު އިތުރު ކުރުމަށް ވަކި އޭރިއާއެއް އެ ހޮސްޕިޓަލުގައި ދަނީ ތަރައްގީ ކުރަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy