ހުޅުމާލޭގައި ބިނާކުރާ މިސްކިތެއްގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ހުޅުމާލޭ ބިނާކުރާ މިސްކިތުގެ ބިންގާ ރައީސް މުއިއްޒު އަޅުއްވައިދެއްވަނީ --

އަމިއްލަ ފަރާތެއްގެ އެހީގައި ހުޅުމާލޭގައި ބިނާ ކުރާ މަސްޖިދު މަސްޖިދު އުންމުލްމުއުމީން އައިޝާ ރަޟިﷲ އަންހާގެ ބިންގާ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަޅުއްވައި ދެއްވައިފި އެވެ.

މިކަމަށް ޓަކައި މިއަދު މެންދުރު ހުޅުމާލޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މަދީނާ އިންވެސްޓްމެންޓުގެ ފަރާތުން މެނޭޖު ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތް އަޅަނީ ހުޅުމާލެ ފޭސް އެކެއްގެ ރެޑްވޭވް ކައިރީގައި ހަދާފައިވާ ވަގުތީ މިސްކިތްހުރި ބިމުގައެވެ.

މި މިސްކިތަކީ އިސްލާމީ ދިރާސާ ކުރާން ބޭނުންވާ ފަރާތް ތަކާއި ކިޔަވާ ކުދީންނަށް، ނަމާދުގެ ފަހުން ކިޔަވަން ރިސާޗް ހެދުމަށާއި، އެސައިންމަންޓް ހެދުމަށާއި ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާ އެކު 2 ބުރިއަށް ބިނާ ކުރެވޭ މިސްކިތެކެވެ.

ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން އައިޝަތުގެފާނަށް ނިސްބަތް ކުރެވިފައިވާ މި މިސްކިތުގައި އެތެރެ އާއި ބޭރާއެކު 2،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.

މި މިސްކިތުގެ މަސައްކަތް ނިމޭއިރު ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓުދެވި މިސްކިތް އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގައާއެކު ހާއްސަ ފާހަނާ ވެސް ހުންނާނެއެވެ.

މީގެ އިތުރުން މި މިސްކިތަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތް ތަކަށް ވެސް ފަސޭހައިން ވަދެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެކެވެ.

މާލާ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްގެން 20 މިލިއަން ރުފިޔާ ހަރަދުކޮށް ބިނާ ކުރާ މި މިސްކިތުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ 1447 ވަނަ އަހަރުގެ ރަމަޟާން މަށް މިސްކިތް ހުޅުވުމަށް ވަނީ އަމާޒު ހިފާފަ އެވެ.

މި މިސްކިތް ހުޅުވުމަށް ފަހު، މިސްކިތުގައި އިލްމީ ދަރުސްތަކާއި ގުރުއާން ހިތު ދަސްކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އެވެ.

މި މިސްކިތަކީ، މ. ތައިބާ ޝައިހު އިސްމާއީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާ ކުރެވޭ މިސްކިތެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

33 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy