ޕީއެންސީގެ ލީޑާޝިޕުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން – މިހާރު ފޮޓޯ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުސްނުއްސުއޫދު ހުންނެވިއިރު ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރީންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުސޫލުތައް ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ސުއޫދުގެ އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ހުށަހެޅުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައި ވަނީ، އެ ވަގުތުވެސް ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތު ތަކެއް އެޅުވުމަށް ކަމަށެވެ. އަދި އެއީ ސުއޫދު، ސިޔާސީ ވާދަވެރި ކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި ކަމުގެ އަލިގަދަ ދަލީލެއް ކަމުގައި ޕީއެންސީން ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ޕީއެންސީން ބުނީ ތިން ބާރުގެ ތެރެއިން ޝަރުއީ ބާރަކީ ސިޔާސީ ކަންކަމާ ދުރުން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދީ އަދުލު އިންސާފުގެ ގާއިމު ކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ ބާރު ކަމަށްވާ އިރު، އެ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ޝަރުއީ ބާރުން ނުވަނުން ކަމަށެވެ.
އެކަމަކު ސުއޫދު އިސްތިއުފާދެއްވުމުގައި އަމަލު ކުރެއްވި ގޮތުން ސުއޫދު ފަނޑިޔާރު ކަމުގައި ވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރީން ވެސް ގެންގުޅުއްވި އެކްޓިވިޒަމްގެ އުސޫލުތައް ކަން، ސާފުވެފައިވާ ކަމަށް ޕީއެންސީގެ ބަޔާނުގައިވެ އެވެ.
"ފަނޑިޔާރުކަމުގެ މަގާމުގައި ވެސް އަދި މަގާމުން ވަކިވެވަޑައިގަތުމުގައި ވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިޒަމްގެ އުސޫލު އިސް ކުރުމަކީ ގާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫން، އަދި އެއީ މުޅި ޖުޑިޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރި ކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ މައްސަލައެކެވެ،" ބަޔާނުގައިވެ އެވެ.
ފަނޑިޔާރު ސުއޫދާމެދު އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާ މެދުވެސް އަމަލު ކުރެވެމުން އަންނަނީ ގާނޫނު އަސާސީ އާއި ގާނޫނު ތަކުގައި އެކަށަ އަޅާފައިވާ އޮނިގަނޑުގައި ބަޔާން ކުރާ އުސޫލުގެ ތެރެއިންކަން ފާހަގަކޮށް ޕީއެންސީން ބުނީ ފަނޑިޔާރަކާ މެދު ޖިނާއީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ވަގުތީ ގޮތުން މަސައްކަތުން ދުރު ކުރުމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު ޖޭއެސްސީއަށް ލިބިގެންވާ ކަމަށެވެ.
އަދި މި ކަންކަމަކީ ވަކި ކޯޓެއްގެ ވަކި ފަނޑިޔާރަށް ވީތީ، ނުވަތަ ވަކި މައްސަލައެއް ކޯޓެއްގައި ފައިސަލާ ކުރަމުން ދާތީ ހުއްޓެންޖެހޭ ކަންތައް ތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މިނިވަން މުއައްސަސާ ތަކަށް މުސްތަގިއްލު ކަމާއެކު އެ މުއައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫރީ، އަދި ގާނޫނީ ޒިންމާ އަދާ ކުރުމުގެ ފުރުސަތު ދެއްވާފަ، އަދި އެ ފަދަ މުއައްސަސާ އަކުން އަދާ ކުރާން ޖެހޭ ޒިންމާއެއް އަދާ ކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން، އެއީ ދުސްތޫރީ، ގާނޫނީ ނިޒާމު ހިނގާން ޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިޔުން،" އެ ބަޔާނުގައިވެ އެވެ.
ޕީއެންސީން އިތުރަށް ބުނެފައިވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގައި އަދި އެ ނިޒާމު ހިނގާން ޖެހޭ ގޮތަށް ހިނގަމުންދާ ކަން ކަށަވަރު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ދައްކަވަމުންދާ ނަމޫނާއަށް އެ ޕާޓީގެ ނަމުގައި ޝުކުރު އަދާ ކުރާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް