ޕީއެސްއެމް ފޮޓޯ
ކުރިއަށް އޮތް އޭޕްރީލް މަހުން ފަށައިގެން ރީޑިން ނަގާތާ އެއްދުވަސްތެރޭގައި ކަރަންޓު ބިލު ފޮނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނުން ފަހުމީ ވިދާޅުވީ މި ބަދަލު ގެންނާން ނިންމީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތް ތަކެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. ސްޓެލްކޯއިން މީގެ ކުރީން ބިލު ކުރަމުން އައީ މީޓަރުގެ ރީޑިން ނަގާތާ 20 ނޫނީ 25 ދުވަސް ފަހުންނެވެ.
ފަހުމީ ވިދާޅުވީ އެގޮތަށް ބިލު ފޮނުވުމުން ކަސްޓަރުންނަށް އޮޅުން އަރާ ކަމަށެވެ.
"މިސާލަކަށް މަހެއްގެ ބިލު ފޮނުވީމަ އޭނަ އެބަ ބުނޭ ތިމަންނަ މިދިޔަ ވިހި ވަރަކަށް ދުވަހު ދުވަހު ގެއަކު ނޫޅެމޭ. ރާއްޖެއިން ބޭރުގައޭ މިހުރީ. އެކަމަކު އެ މަހު އެ ފޮނުވެނީ ވޭތުވެދިޔަ ވިހި ދުވަހަކަށް ނޫން. އެ ވިހި ދުވަހުގެ ކުރީގެ ބިލެއް އެ ފޮނުވެނީ،" އޭނާ ވިދާޅުވި އެވެ.
އެމްޑީ ފަހުމީ ވިދާޅުވީ ކުރީގެ މެނޭޖުމެންޓުންވެސް ކަސްޓަމަރަކަށް ހަގީގަތާ ހިލާފު ބިލެއް ފޮނުވާފައި ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން މި އަރުވަނީ ކުރީގެ ސަރުކާރަކުންވެސް ކުރީގެ މެނޭޖުމެންޓަކުން ވެސް ހަގީގަތާ ހިލާފު ބިލެއް ނޯންނާނެ އިޝޫކޮށްފައެއް. ހަމަ ރީޑިން ނަގައިގެން މީޓަރަށް އަރާ އެއްޗަކަށް ބިލުކޮށްފައި ހުންނާނީ. މިއީ ދައުލަތުގެ ސައްތައިން ސައްތަ ކުންފުންޏެއް، އެހެންވީމަ އަޅުގަނޑުމެން ނުކުރާނެ އެކަމެއް. ރީޑިން ނެގުމުގައި ވެސް މި ބައިވެރިވަނީ ޑިޕާޓްމެންޓުގެ ހެޑް އެކަންޏެއް ނޫން. 120 މުވައްޒަފުން ބައިވެރިވެގެން އެކި ދިމަދިމާލަށް ގޮސްގެން ރީޑިން މި ނަގަނީ. އެއަށް އެ ޗެކު ކުރުން އޮންނާނެ. އެހެންވީމަ ޗެކްއެންޑް ބެލެންސު ސިސްޓަމެއް އެބައިން ސްޓެލްކޯގަ،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް