ސްޓެލްކޯގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން: ފަހުމީ

ސްޓެލްކޯގެ ޕްރެސްއެއްގައި އެމްޑީ ފަހުމީ --

ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދޭން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހިސައިން ފައުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށެވެ.

ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާނީ އިހުލާސްތެރިކަމާ އެކު ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދޭން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

"މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ، އޮޅުވާލާނެ އެއްޗެއް ވެސް ނޯންނާނެ، ސްޓެލްކޯއިން މަސައްކަތް ކުރާނީ އަބަދު ވެސް އިހުލާސްތެރިކަމާ އެކު، އަދި ސްޓެލްކޯއަކީ އަބަދު ވެސް ކަސްޓަމަރުންނަށް އެންމެ ލުއި ފަސޭހަގޮތް ހޯދައިދޭން މަސައްކަތް ކުރާ ކުންފުންޏެއް،" އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ބިލް ދެއްކުމަށް ދަތިވާ ފަރާތް ތަކަށް ލުއި ގޮތްތައް އަބަދު ވެސް އޮންނާނެ ކަމަށާއި އެ ގޮތުން ސްޓެލްކޯ ވެބްސައިޓް https://stelco.com.mv/rpex މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތް ތަކަށް ވެސް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

"އަދި މިކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ،" އެމްޑީ ފަހުމީ ވިދާޅުވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy