ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކަށް ފަރުވާ ދެނީ

މިދިޔަ އަހަރު ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައި --

ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ މިރޭ 7:50 ހާއިރު ހުޅުމާލޭ ދެ ވަނަ ފޭހުގެ ނިރޮޅު މަގު، މުނީ ހޯމް ކެއާ މިސްކިތް ކައިރީގައި ދެ ސައިކަލް ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވި މީހުންނަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ޓަކައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފުސީލް ހާމައެއް ނުކުރެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހުޅުމާލޭ ނިރޮޅު މަގަކީ މީގެ ކުރީން ވެސް ވަރަށް ނުރައްކާތެރި އެކްސިޑެންޓު ހިނގާފައިވާ މަގެކެވެ.

އެގޮތުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ރޭ ނިރޮޅު މަގު، ހަބީބު ބޭންކު ކުރިމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެސް ވިއެވެ. އެއީ ހ. ފޮއްދޫގޭ އިބްރާހީމް ރަޝީދު، 64، އެވެ. އޭނާ މަރުވީ ބޮލަށް ލިބުނު ޒަހަމް ތަކަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ އޭނާ ދުއްވި ސައިކަލު ޕާކު ކުރާން އުޅެނިކޮށް ބާރު ސުޕީޑުގައި ދުއްވާފައި އައި އެހެން ސައިކަލެއް މަތަނުވެ ގޮސް ޖެހިގެންނެވެ.

އޭގެ އިތުރުން ވެސް އެ މަގުގައި ދޭތެރެދޭތެރިން އެކި ވަރުގެ އެކްސިޑެންޓު ހިނގާފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

17 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy