ފުލެޓު ލިސްޓަށް މިހާތަނަށް 675އަށްވުރެ ގިނަ ޝަކުވާ

އަމާން އުދަރެސް ފުލެޓެއް -- ފޮޓޯ/ ރައީސް އޮފީސް

"ގެދޮރުވެރިޔާ" ސުކީމުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި ފުލެޓު ލިސްޓަށް މިހާތަނަށް 675އަށްވުރެ ގިނަ ޝަކުވާ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ފުލެޓު ލިސްޓަށް 'ގެދޮރުވެރި ޕޯޓަލް' މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އެ ފުރުސަތު ބަންދު ވާނީ މި މަހުގެ 31ގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ލިސްޓަށް މިހާތަނަށް 675 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެއީ ތިން ކޮޓަރީގެ ފުލެޓު ލިސްޓާ ގުޅޭ 452 ޝަކުވާ އާއި ދެ ކޮޓަރީގެ ލިސްޓާ ގުޅޭ 223 ޝަކުވާއެއް ކަމަށެވެ.

"ގެދޮރުވެރިޔާ" ސުކީމުން ދޫ ކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފައިވާ އިރު، އެ ސުކީމަށް 18،000އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފައިވެ އެވެ. ނަމަވެސް މި ސަރުކާރުން ނެރުނު ލިސްޓުގައިވާ ގޮތުން ފުލެޓަށް ޝަރުތު ހަމަވަނީ އޭގެ ތެރެއިން 1،820 މީހުންނެވެ.

ގެދޮރުވެރިޔާ ސުކީމަށް ހާއްސަ ކޮށްގެން މިހާރު ހަދަމުން އަންނަ ޓަވަރު ތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފުލެޓުގެ އިތުރުން ދެ ކޮޓަރީގެ 1،250 ފުލެޓެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy