އިސްރަށްވެހީންގެ ނާދީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފި

އިސްރަށްވެހީންގެ ނާދީ އިތުރަށް ހަރުދަނާ ކުރުމަށް ރައީސާ މަޝްވަރާ ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހީންގެ ޖަމުއިއްޔާއާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖޭގެ އިސްރަށްވެހީންގެ ޖަމުއިއްޔާގެ ފަރާތުން، އެ ޖަމުއިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުން ތަކާއި، އެ ޖަމުއިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކުރެއްވި އެވެ. އަދި އިސްރަށްވެހީންގެ ނާދީ އަލުން ހުޅުއްވައިދެއްވި ކަމަށް ޓަކައި އެ ބޭފުޅުން ރައީސަށް ޝުކުރު އަދާ ކުރެއްވި އެވެ.

އެ ބޭފުޅުންގެ ވާހަކަފުޅުގައި، އިސްރަށްވެހީންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ ތަނުގައި އިސްރަށްވެހީންނަށް ހާއްސަކޮށް ހިންގާ އެކިއެކި ޕްރޮގްރާމް ތަކުގައި އިސްރަށްވެހީންގެ ބައިވެރިވުން އިތުރު ކުރުމަށް މަޝްވަރާ ކުރެއްވި އެވެ. އަދި އިސްރަށްވެހީންގެ ޖަމުއިއްޔާ ފަދަ އަމިއްލަ ޖަމުއިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ރައީސްއާ ހިއްސާ ކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އަމިއްލަ ޖަމުއިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދިނުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާ ކުރައްވާފަ އެވެ.

އެ ގޮތުން ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމުއިއްޔާ ތަކަށް އޮފީސް ޖާގަ ހޯދައިދިނުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައި ކަމެއްކަން ހާމަ ކުރައްވައި، ސަރުކާރުގެ ކަންކަން ތަރުތީބު ވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓު ވެގެން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި، ދިވެހި މުޖުތަމައަކީ ތަހުޒީބު މުޖުތަމަ އަކަށް ހެދުމަށް އިތުރު މަސައްކަތް ތަކެއް ކުރާން ޖެހިފައިވާ ކަން އެ ބޭފުޅުންގެ ވާހަކަފުޅުގައި ހާމަ ކުރެއްވި އެވެ. އެ ގޮތުން ރާއްޖޭގެ ކުރިމަގަށް ފައިދާ ހުރި އެކިއެކި ދާއިރާ ތަކުން ތަޖުރިބާ ހިއްސާ ކުރެއްވުމަށް އެ ޖަމުއިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ހާމަ ކުރެއްވި އެވެ.

މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑު ހަރުދަނާ ކުރުމަށާއި ތަހުޒީބު މުޖުތަމައެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ އެކިއެކި މަސައްކަތުގެ މައުލޫމާތު ރައީސް އެ ބޭފުޅުންނާ ހިއްސާ ކުރެއްވި އެވެ.

އޭގެ އިތުރުން އެ ބޭފުޅުން ހުށައެޅުއްވި އެކިއެކި ކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މި ބައްދަ ލުކުރެއްވުމުގައި ރައީސް މުއިއްޒު އެ ބޭފުޅުންނަށް ދެއްވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy