---
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކީ ދެ މިނިސްޓަރަކު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ރައީސާ އެކީ އިންޑިއާ އަށް ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
މިދިޔަ މަހުގެ ތެރޭގައި ޒަމީރު ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގެންނެވި އެވެ.
ރައީސްގެ މި އިންޑިއާ ދަތުރު ވާނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ. ރައީސް އިންތިހާބުވުމާ ގުޅިގެން މޯދީ މަރުހަބާ ވިދާޅުވި އިރު، މޯދީ އަށް ތިން ވަނަ ދައުރެއް މިދިޔަ ހަފުތާގައި ކަށަވަރުވުމާ ގުޅިގެން މޯދީ އަށް ރައީސް ވެސް މަރުހަބާ ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒުގެ މަރުހަބާގެ އެކްސް ޕޯސްޓާ ގުޅިގެން މޯދީ ވިދާޅުވީ ރާއްޖެ އަކީ އަބަދު ވެސް އިންޑިއާގެ ވަރަށް އަގުހުރި އެކުވެރިއެއް ކަމަށާއި އާ ދައުރުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރުށް ބަދަހިވާނެ ކަމަށެވެ.
ރައީސް އިންޑިއާ އަށް ވަޑައިގަންނަވަން ނިންމެވީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތާ ގުޅިގެންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް