ހެޔޮގޮތުގައި މުދަލުން ހޭދަ ކުރުމަށް ޑރ. ޝަހީމް ގޮވައިލައްވައިފި

ހެޔޮގޮތުގައި މުދަލުން ހޭދަ ކުރުމަށް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައި —

މުދަލަކީ މާތް ﷲ ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި މުދަލުން ހެޔޮ ގޮތުގައި ހޭދަ ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ގޮވައިލައްވައިފި އެވެ.

ޝަހީމް މިކަމަށް ގޮވާލެއްވީ ރޭ ބޭއްވި ފުރަތަމަ އިހުޔާ ފޯރަމްގައި"ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މައުލޫއަށް ތަގުރީރު ކުރައްވަމުންނެވެ.

ރޭގެ ފޯރަމްގައި ޝަހީމް ވަނީ ގިނަ މައުލޫމާތުތަކެއް ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވާ އާއްމުންނާއި ހަމައަށް ގެނެސްދެއްވާފަ އެވެ.

އެގޮތުން ވަނީ މުދަލުގެ އަމާނާތް އޭގެ ހައްގުވެރީންނަށް ފޯރުކޮށްދިނުމަށާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކިގޮތް ގޮތުން އެހީތެރި ކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅާފައިވާކަން ފާހަގަ ކުރައްވާފަ އެވެ.

އެ މަނިކުފާނުގެ ތަގުރީރުގައި ވަނީ ފިތުރު ޒަކާތާއި މުދަލު ޒަކާތާއި ގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ފިތުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުމުގެ މުހިއްމު ކަމާއި ޒަކާތާއި ގުޅޭ މުހިއްމު ހުކުމްތަކާއި ގުޅޭ މައުލޫމާތާއި އެކަމުގެ އަޖުރާއި ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

"މުދަލުގައި ވާ އެންމެ ބޮޑު ހައްގަކީ ﷲގެ ހައްގު، މުދަލުގެ މައްޗަށް ﷲ އިސްލާމްދީނުގެ ރުކުނެއް ކަނޑައަޅުއްވާފައިވޭ. އެއީ ޒަކާތް ދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިގޮތުން ރިޝްވަތަކީ ހަރާން ކުރައްވާފައިވާ ކަމެއް ކަމަށާއި ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާގެ މެދުވެރިއަކަށް ވާ މީހާއަކީވެސް މާތް ﷲ ލައުނަތްލައްވާފައިވާ މީހެއްކަން ޝަހީމް ފާހަގަ ކުރެއްވި އެވެ. އަދި ހަރާމް މުދާ ކެއުމުގެ ސަބަބުން މާތް ﷲ، އެ މީހަކު ދަންނަވާ ދުއާ އިޖާބަ ނުކުރައްވާނެކަން ވެސް ޝަހީމްގެ ތަގުރީރުގައި ހަނދާންކޮށްދެއްވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy