ފެކަނަކައިގެ ބިލް ތަކުން ރޯދަ ޑިސްކައުންޓު ދޭނެ ގޮތް ވަނީ އާންމުކޮށްފައި -- އެމްއެފްއާރު ފޮޓޯ
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުން ތަންފީޒު ކުރުމުގެ ގޮތުން މި އަހަރުގެ ރަމަޟާންމަހު ވެސް ފެނަކަ ކޯޕަރޭޝަންގެ ކަސްޓަމަރުންގެ ފެނާއި ކަރަންޓު ބިލްތަކަށް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.
އެގޮތުން ޑިސްކައުންޓު ލިބޭ ގޮތަކީ:
1. މިދިޔަ އަހަރު އެންމެ ހޫނު ގަދަކަމަށް ފާހަގަ ކުރެވުނު ފެބުރުއަރީ، މާޗު އަދި އޭޕްރީލްގެ ތިން މަސް އުނިކުރުމަށްފަހު، ބާކީ ނުވަ މަހުގެ ފެން އަދި ކަރަންޓު ބިލްގެ އެވްރެޖަށްވާ މިންވަރަށްވުރެ މި ރަމަޟާން މަހުގެ ކަރަންޓު ބިލާއި ފެންބިލުން އިތުވާ މިންވަރު ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން.
2. ފާއިތިވި އަހަރުގެ އެވްރެޖާއި މި ރަމަޟާން މަހުގެ ބިލުގެ ފަރަގު ބިލުގެ 10 އިންސައްތައަށްވުރެ ކުޑަ ނަމަ، މުޅި ބިލުން ޖުމުލަ 10 އިންސައްތަ ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން.
3. މި ރަމަޟާންމަހުގެ ބިލުގެ އަދަދު ފާއިތުވި އަހަރުގެ އެވްރެޖަށްވުރެ ކުޑަ ނަމަ މުޅި ބިލުން ޖުމުލަ 10 އިންސައްތަ ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން.
4. ފެނާއި ކަރަންޓުގެ ހިދުމަތް އަލަށް ހޯދާ ފަރާތްތަކަށް ރަމަޟާންމަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓުގެ ގޮތުގައި ހަމަޖެއްސުން، މިއެވެ.
ފެނަކައިން ބުނިގޮތުގައި މި ޑިސްކައުން ލިބޭނީ ރޯދަ މަހުގެ ޔޫސޭޖަށް ތައްޔާރު ކުރެވޭ ބިލަށެވެ. އެ ބިލު އަންނާނީ އޭޕްރީލް މަހުގެ ކުރީކޮޅު އެވެ.
ރަމަޝާން މަހަކީ އެހެން މަސްމަހާ ހިލާފަށް ރައްޔިތުން އަސާސީ ހިދުމަތަކަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން އިތުވާ މަހެކެވެ.
އެހެންކަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވާފައި ވަނީ ފާއިތުވި އަހަރުގެ ރަމަޟާންމަހެކޭ އެއްގޮތަށް މި އަހަރުގެ ރަމަޟާންމަހު ވެސް ރައްޔިތުން ކަރަންޓާއި ފެނުގެ ހިދުމަތަށް ކުރާ ހޭދަ އާންމު މަސްމަހަށްވުރެ، އިތުރު ނުވާނެ ގޮތަކަށް ލުއި ދެއްވުމަށެވެ.
ފެނަކައިން މިދޭ ޑިސްކައުންޓަކީ ވެސް ރައީސްގެ އެ ނިންމެވުން ތަންފީޒު ކުރުމުގެ ގޮތުން ފެނާއި ކަރަންޓު ބިލްތަކަށް ދެވޭ ޑިސްކައުންޓެކެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް