ހުޅުމާލޭ ސަހަރާގެ ކަށްވަޅުގައި ފެންބޮޑުވެފައި --
ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އެކްސްގައި ޕޯސްޓެއްގައި ބުނީ މި ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުން މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މިހެން ކަމުން މިއަދު މަގުރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މާލެ އާސަހަރާއަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
"މިއަދު މަގުރިބު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައި،"މ ކައުންސިލުން ބުންޏެވެ.
ރެއިން ފަށައިގެން މެދުނުކެނޑި މާލޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުން، އެކި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. އަދި ފެންބޮޑުވެ، ނަޖިސް ބޭރުވުމުން ހަތަރު ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ދީފަ އެވެ.
އެމްއެންޑީއެފުން ވަނީ މާލޭގެ ފަސް ސަރަހައްދެއްގައި ފެން ހިންދާ 13 ޕަންޕު ބަހައްޓައިގެން މަސައްކަތްކޮށްފަ އެވެ. މި އޮޕަރޭޝަންގައި 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، 976 ވެލި ބަސްތާ ޖަހައި ދީފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް