މާލެއަށް މީގެ ކުރިން މާރޭ ވެހި ފެންބޮޑުވެފައި --
މާލެއަށް އިއްޔެ ކުރި ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ނަޖިސް ބޭރުވުމުން ހަތަރު ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި، މާލެއަށާއި އަތޮޅު ތެރޭގެ ގިނަ ރަށްރަށަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އަދި ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުގައި އާއްމު ފަރާތް ތަކަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމް އެ އޮތޯރިޓީ އާއި ސިޓީސް މިނިސްޓްރީ ގުޅިގެން ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ އަތޮޅުތެރެއަށް ކުރަމުންދާ ވިއްސާރައިގައި ކ. ހިންމަފުށީ، ހުރާ އަދި ގުރައިދޫ އަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އަދި ތުލުސްދޫގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބައެއް ގޭތަކުން ނަޖިސް ލީކްވެގެން ރިޕޯޓްކޮށްފައިވާތީ އެ ގޭގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މަސައްކަތް ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
އޭގެ އިތުރުން ލ.އިސްދޫގެ 22 ގެޔަކަށް އެކިވަރުގެ ގެއްލުން ލިބި، އެއް ގެއިން މީހުން ހުސްކުރިއިރު، ޅ. ނައިފަރުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ހަތަރު ގެޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
އެ އޮތޯރިޓީން ބުނީ ހދ.ކުޅުދުއްފުށީގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެ، މުޅި ރަށުން ފެން ހިއްކަމުން އަންނަ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ، މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ހަމަޖައްސަވައިފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް