ކަރަންޓްގައި ޖެހުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

---

ރ. އުނގޫފާރުގައި ކަރަންޓު ޖެހުނު 18 އަހަރުގެ ޒުވާނާ މީގެކުޑައިރުކޮޅެއް ކުރިން ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔައީ އުނގޫފާރު، ދޫނިހުރާ، ހުސެއިން އަތީކަށެވެ. ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ދިޔަ އެ ކުއްޖާ ނިޔާވިކަން އައިޖީއެމްއެޗުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު، އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ކުޑަކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި އަތީކް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔައީ އޭގެ ދެ ދުވަސް ފަހުންނެވެ.

މާލެ ގެނައި އިރު ވެސް އެ ޒުވާނާގެ ހާލު ސީރިއަސްއެވެ.

ކަރަންޓުގައި ޖެހިގެން އުނގޫފާރު ހޮސްޕިޓަަލަށް ފަރުވާއަށް ގެންދިޔައީ އަށް އަހަރުގެ ފިރިހެން ކުއްޖަކާއި އަތީކެވެ. އެ ކުދިން ކަރަންޓުގައި ޖެހުނު މަންޒަރު ފެނިފައި އަނބުރައިގަނެގެން ވެއްޓުނު 12 އަހަރުގެ އަންހެން ކުއްޖަކަށް ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އެ ދެ ކުޑަކުދިން މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.

އެ ހާދިސާ ދިމާވާން މެދުވެރިވީ ވާރޭވެހުމުގެ ސަބަބުން ހެދިފައިވާ ފެންގަނޑެއްގެ ތެރެއަށް ކުޅުމުގެ ތެރޭގައި އަށް އަހަރުގެ ކުއްޖާ އެރި އުޅުމުގެ ތެރޭގައެވެ. އެ ފެންގަނޑު ކައިރީގައި ހުރި މަގު ބައްތީގެ ވަޔަރިންގެ މައްސަލައެއް ދިމާވެ ފެންގަނޑަށް ކަރަންޓު ދޫވެފައި ހުރުމުން ކުއްޖާ ކަރަންޓުގައި ޖެހުނީއެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރުމަށް ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނާ ވެސް ކަރަންޓުގައި ޖެހިގެން ފެންގަނޑަށް ވެއްޓުނު ކަމަށްވެއެވެ.

މި ހާދިސާއާ ގުޅިގެން މުޅި ރާއްޖޭގައި އިންސްޕެކްޝަނެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ.

---

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

28 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy