މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފި

މާލޭ މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތަކެއް -- މިހާރު ފޮޓޯ

އެއްވެސް ގެއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސްކޮށްފި އެވެ.

ވެމްކޯއިން ބުނީ މި ހަފްތާއަކީ ވިއްސާރަ ހަފްތާއެއްކަމުގައިވީ ނަމަވެސް ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އެ ކުންފުނީގެ މުވައްޒަފުން މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް، ވިއްސާރަވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެ ނަމަ، އެ ކުނި މައްޗަށް ނުވަތަ އާންމު ސަރަހައްދު ތަކަށް ނުނެރުމަށް އެ އެ ކުންފުނިން އިލްތިމާސް ކުރެ އެވެ.

ވެމްކޯއިން ވަނީ ކުނި ނުނެގި ހުރި ގެއެއް ފާހަގަ ކުރެވިއްޖެ ނަމަ ނުވަތަ ހިދުމަތް ނުލިބޭ ނަމަ އެ ކުންފުނީގެ ހޮޓްލައިން 1666އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފަ އެވެ.

މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފައިވާއިރު، އެ ކުންފުނިން ވަނީ ރޯމަ މަހު މާލޭ ގޭބިސީ ތަކުން ކުނި ނަގާ ވަގުތު ތަކަށް ބަދަލު ގެނެސްފަ އެވެ.

އެ ބަދަލުގެ ތެރޭގައި މާލޭ ގޭބިސީ ތަކުން ކުނި ނެގުމުގެ ހިދުމަތް ދޭނީ ރޭގަނޑު 8:30 އިން ފަށައިގެން މެންދަމުން އަލިވެ، 2:30އަށެވެ. ހުޅުމާލޭގައި މި ރޯދަ މަހު ކުނި ނެގުމުގެ ހިދުމަތް ދޭނީ ރޭގަނޑު 9:00އިން 1:00އަށެވެ.

އޭގެ އިތުރުން ވިލިމާލޭގައި މި ހިދުމަތް ދޭނީ ރޭގަނޑު 9:30 އިން ފަށައިގެން ދަންވަރު 1:30އާ ހަމައަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

25 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy