ހިޔާ ޓަވަރު -- އަސަދު ފޮޓޯ
ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މިއަދުން ފަށައިގެން ފުލެޓު ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި އެވެ.
މި ސަރުކާރުން އާންމު ކުރި އައު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދުން ފަށައިގެން މި މަހުގެ 31ގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން ކުރި އެކްސް ޕޯސްޓުގައި ބުނީ ފޯމު ހުށަހަޅާފައިވާ ފަރާތެއް ނަމަ، އެ ފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
އޭގެ އިތުރުން ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ނަމަ gedhoruveriya@infrastructure.gov.mv އީމެއިލް އަށް ނުވަތަ މިނިސްޓްރީ އަށް އެޑްރެސްކޮށް، ފޮނުވޭ ސިޓީއަކުން ހުށަހެޅޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް އެ މިނިސްޓްރީގެ ނަންބަރު،4004911 އަދި 4004910 ފޯނަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ އެވެ.
މި ސަރުކާރުން ރިވިއުކޮށް މިހާރު ގެޒެޓްކޮށްފައިވާ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނީ 1820 މީހުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް