އިސްލާމީ ގައުމުތަކުގެ ވެރީންނަށް ރޯދަ މަހުގެ ތަހުނިޔާ ފޮނުއްވައިފި

އިސްލާމީ ގައުމުތަކުގެ ވެރީންނަށް ރައީސް ވަނީ ރޯދަ ތަހުނިޔާ ފޮނުއްވާފައި ..

ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައްޔާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ގައުމު ތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސް ކުރައްވައިފި އެވެ.

އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި މެސެޖުގައި އެ މަނިކުފާނު ވަނީ، މި މައްސަރަކީ ރޫހު އާލާކޮށް، މުރާޖައާ ކުރުމާއި އެއްބައިވަން ތަކަމުގެ މައްސަރު ކަމާއި، އޯގާތެރި ކަމާއި، ދީލަތިކަން އިތުރުކޮށް، އަގީދާ ހަރުދަނާ ކުރުމުގެ މައްސަރު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މި ރަމަޟާންމަހު، އެކުވެރި ކަމުގެ ގުޅުންތައް ހަރުދަނާ ކުރެވި، ހިދުމަތް ކުރުމުގެ އަޒުމު ވަރުގަދަވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި އިސްލާމީ ގައުމު ތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރު ކުރެއްވުމަށް އެދިވަޑައިގެން ރައީސް ދުއާ ދަންނަވާފައިވެ އެވެ.

ރައީސް ވަނީ ފަލަސްތީނުގެ ގައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލު ކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސް ކުރުމަށް އިސްލާމީ އުންމަތަށް އިލްތިމާސް ކުރައްވާފަ އެވެ.

އޭގެ އިތުރުން މުސްތަގިއްލުކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް އަދުލުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ،1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރު ތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމު ކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެ މަނިކުފާނު ވަނީ އިސްލާމީ އުންމަތަށް އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy