ރަސްމީ ފާލަން ސަރަހައްދަށް މިނިސްޓަރު މުއްތޮލިބު ޒިޔާރަތް ކުރެއްވުން --
އިއްޒުއްދީން ފާލަން އަލުން ތަރައްގީ ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުން ގެ އަގު ވަޒަން ކޮށްފި އެވެ.
އަގުވަޒަންކުރުމަށް ހާއްސަކޮށް ރޭ ބޭއްވި ހަފުލާ އޮތީ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި ހަފްލާގައި އިއްޒުއްދީން ފާލަން އަލުން ތަރައްގީ ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.
ކުންފުނީގެ ބޯޑުގެ ޗެއާމަން އާއި ޑިރެކްޓަރުންނާއި މޭނޭޖުމަންޓް ޓީމު ބައިވެރިވި މި ހަފުލާގައި މުވައްޒަފުންނަށް އަގުވަޒަން ކުރުމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި ހަފުލާގައި ސައުދީ ދެއްކެވި ވާހަކަފުޅުގައި ފާލަން އަލުން ތަރައްގީ ކުރުމުގައި މުވައްޒަފުން ދެއްކި ވަރުގަދަ އަޒުމާއި ހިތްވަރު ފާހަގަ ކުރައްވައި އެ މުވައްޒަފުން ކޮށްދިން އަގުހުރި މަސައްކަތަށް ތައުރީފު ކުރައްވާފައިވެ އެވެ.
ދިވެހީންގެ ގައުމިއްޔަތު ރަމްޒުކޮށްދޭ އިއްޒުއްދީން ފާލަން އަލުން ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކުރުމާ ގުޅިގެން މި މަޝްރޫއުގެ އަމަލީ މަސައްކަތްމި އެ ކުންފުނިން ފެށީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ރަސްމީ ދަތުރުފުޅު ތަކުގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރު ގައުމު ތަކުގެ އިސް ވެރީންނާއި އިއްޒަތްތެރީން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުން ކުރައްވާ އިއްޒުއްދީން ފާލަމަކީ ރާއްޖޭގެ ޢިއްޒަތާއ، ސިޔާދަތާއ، ދިވެހީންގެ އަމިއްލަވަންތަ ކަން ރަމުޒު ކޮށްދޭ މުހިންމު ބިނާއެކެވެ.
އެމްޓީސީސީން ބުނީ އެ ފާލަން އިހުގެ ގޮތަށް އަލުން ތަރައްގީކޮށް ނިންމާލިއިރު، ފާލަން ޒީނަތްތެރި ކުރުމަށް ޓަކައި ބޭނުން ކޮށްފައި ހުރި ވަޑާމުގެ ވަރަށް ގިނަ މަސައްކަތް ތަކަކީ އެ ކުންފުނީގެ މުވައްޒަފުން، ކުންފުނީގެ ވޯކްޝޮޕް ތަކުގައި ކޮށްފައިވާ، އެ މުވައްޒަފުންގެ ފަންނުވެރިކަން ވަރަށް ފުރިހަމަޔަށް ދައްކުވައިދޭ މަސައްކަތް ތަކެއް ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް